ފޯނަށް ގުޅައިގެންނަމަވެސް ފަތިސްނަމާދަށް ހޭލައްވާނަމަ އެއީ އެންމެ ހެޔޮއެދޭ އެކުވެރިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފޯނަށް ގުޅައިގެންނަމަވެސް ފަތިސްނަމާދަށް ހޭލައްވާނަމަ އެއީ އެންމެ ހެޔޮއެދޭ އެކުވެރިޔާ!

ފުރަތަމަ މިކުރަނީ ސުވާލެކެވެ. ކޮންމެ މީހަކީވެސް ފަތިސްނަމާދަށް ހޭލަންޖެހޭ މީހަކުކަމަސްވާތީއެވެ. "ތިބާ ފަތިސްނަމާދުކުރިތޯ، ނުވަތަ ތިބާއަށް ފަތިސްނަމާދަށް ހޭލެވުނުތޯ ބަލަން ފަތިހު އެއްވެސް އެކުވެރިއަކު ފޯނުކުރޭތަ؟"  

މިއީ ހަމަ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލުން މުހިންމު ސުވާލެކެވެ. ކުޅިވަރަށް ނުވަތަ ކޮފީއަށްދާން ގިނަ ބައަކު ގުޅާއިރު ފަތިސްނަމާދަށް އެކުވެރިޔާ ހޭއްލައްވަން ނުވަތަ ހޭލިތޯ ބަލަން ގުޅާ އެކުވެރިއަކު އެބަހުރި ހެއްޔެވެ؟  

ހެޔޮއެދޭ ރަނގަޅު އެކުވެރިއެއް ނަމަ ފުރަތަމަ ކަމަކަށްވެސް ހިތްވަރުދީ އެހީތެރިވެދޭންވީ ފަތިސްނަމާދުކުރުމަށެވެ. ނަމަވެސް އެކަން ކުރެވޭތަނެއް ނުފެނެއެވެ. އަބަދުވެސް އެކުވެރިންނަށް ގުޅައިގެން ބަލަނީ އާޚިރަތަށް ފައިދާއެއް ނުކުރާނެ ކަންކަން ކުރެވޭތޯއެވެ.  

ފަތިސް ނަމާދަށް ހޭލަން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުން ވަރަށް ގިނައެވެ. ފޯނުންވެސް ސޯނާކުރެވޭނެއެވެ. ގިނަ ބައަކަށް އެކަންވެސް ނުކުރެވެއެވެ. ވީމާ އެހެން މީހުންގެ އެހީތެރިކަމަށް މިވަނީ ބޭނުންވެފައެވެ.  

އަހުރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ފަތިސްނަމާދުކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ކަންނެތްވެވެނީއެވެ. އެކުގައި އުޅޭ ހުރިހާ އެކުވެރިން އެކަމަށް ސަމާލުކަންދީ އެކަކު އަނެކަކަށް އެހީތެރިވެދޭނަމަ ހިތްވަރު އިތުރުވާނެއެވެ.

ޢާންމުގޮތެއްގައި ގިނަ ބައަކު ހާރުކެއުމަށްފަހު ނިދާނީ ފަތިސްނަމާދުކޮށްގެންނެވެ. އެހެންވެ ފަތިސްނަމާދަށްވެސް މިސްކިތްތައް އޮންނަނީ ފުރިފައެވެ. ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން އެއާދަ ކުޑަވަމުން ގޮސް ޝައްވާލު މަސް ފެށުމާއިއެކު ފަތިސްނަމާކުރަނީ ވަރަށް ބަދު ބައެކެވެ. ވީމާ މިރަމަމާން މަހަކީ އެއާދަ ބަދަލުކޮށްލައި ކުރިއަށް އޮތްތަނުގައި ފަތިސްނަމާދުކުރަން މަސައްކަތްކުރާ ބައަކު ކަމުގައިވާން މަސައްކަތްކުރަމާ ހިނގާށެވެ. އެކަމުގެ ފައިދާ ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ފެންނާނެއެވެ. އިން ޝާ ﷲ   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން