އެންމެން ތިބާއާ ވަކިވިޔަސް އޮތީ އުފާކުރުން! ތިމާއާއެކު ﷲ ތަޢާލާ ނޫންފަރާތެއް ނުވާކަމަށް ޤަބޫލުކުރެވޭ ޙާލަތެއް މެދުވެރިވުމަކީ ﷲ ތަޢާލާ ލައްވަވާ އެންމެ ބޮޑު ރަޙްމަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެންމެން ތިބާއާ ވަކިވިޔަސް އޮތީ އުފާކުރުން! ތިމާއާއެކު ﷲ ތަޢާލާ ނޫންފަރާތެއް ނުވާކަމަށް ޤަބޫލުކުރެވޭ ޙާލަތެއް މެދުވެރިވުމަކީ ﷲ ތަޢާލާ ލައްވަވާ އެންމެ ބޮޑު ރަޙްމަތެއް!

ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ދިމާވާ ގޮތަކުން ތިމާއަކީ އެކަނިވެރިއެއްކަން އިޙްޞާޞްކުރަންޖެހިދާނެއެވެ. ގާތުގައި ތިބި އެންމެން ތިބާ ދޫކޮށްލައިފާނެއެވެ. ބައިވެރިޔާވެސް ތިބާ ދޫކޮށްލައިފާނެއެވެ.  

އެފަދަ ކޮންމެ ޙާލަތެއްގައިވެސް ޔަޤީންކުރަންވީ ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ. ތިމާއަށް އެހީތެރިވެދޭނެ އެކަކުނެތަސް ﷲ ތަޢާލާ ތިމާއަށް އެހީތެރިވެވޮޑިގަންނަވާނެ ކަމެވެ. ނިކަމެތިނުކުރައްވަވާނެ ކަމެވެ. ޔަޤީންކުރާށެވެ! ތިމާއާއެކު ﷲ ތަޢާލާ ނޫންފަރާތެއް ނުވާކަމަށް ޤަބޫލުކުރެވޭ ޙާލަތެއް މެދުވެރިވުމަކީ ﷲ ތަޢާލާ ލައްވަވާ އެންމެ ބޮޑު ރަޙްމަތެކެވެ.

އެހެނީ ﷲ ތަޢާލާ މީސްތަކުން އިމްތިޙާންކުރައްވަވާނީ އީމާންކަމުންނެވެ. ކުރިމަތިކުރައްވަވާ ކޮންމެ ކަމެއްވެސް ކުރިމަތިކުރައްވަވާނީ އީމާންކަން އިމްތިޙާނުކުރެއްވެވުމަށެވެ. ތިމާއާއެކު ﷲ ތަޢާލާ ނޫންފަރާތެއް ނުވާކަމަށް ޤަބޫލުކުރެވޭނީ އީމާންކަން ފުރިހަމަވެގެންނެވެ. އެކަން ޔަޤީންކުރެވިއްޖެނަމަ އެއޮތީ އިމްތިޙާނުން ފާސްވެފައެވެ.  

ދެން އޮތީ ދުޢާކުރަން އަވަސްވެގަތުމެވެ. އެކަންކުރެވޭނީ އެންމެ އިތުބާރުކުރާ ފަރާތަކީ ﷲ ތަޢާލާ ކަމަށް ހެދިގެންނެވެ. އެކަންކުރެވޭނީވެސް އީމާންކަން ފުރިހަމަކުރެވިގެންނެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ދުޢާކުރެވޭނީ އީމާންކަން އެންމެ ވަރުގަދަ މީހުންނަށެވެ.  

މިބުނިމަގުން ރޭގަނޑުގެ ފަހުދަންފަޅީގައި ދުޢާކުރާ ގިނަ ބައަކު ދުޢާގެ ބަސްތައް އޮއްސައިލާނީ އަމިއްލަ ޢިބާރާތުންނެވެ. އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައިކަމަށް ހީނުކުރާށެވެ. އެޢިބާރާތްތައް އޭނާއަށް އަންގަވައިދެއްވަވަނީ ﷲ ތަޢާލާއެވެ.

ވީމާ ތިމާއަށް މިހުރެވެނީ އެކަނިކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ! އެކަމަށް ދެރަނުވާށެވެ! މިބުނި މަގުން ވިސްނައި ޢަމަލުކުރާމީހަކު ނިކަމެތިނުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް ޢަބްދުއްރަހްމާންގެ ދަރުސަކުން

މިއަދު އޮންލައިން