ކޮންމެ ރެއެއްގެ ފަހުދަންފަޅީގައިވެސް އުޑުތަކާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވަތެވެ. ސުވާލަކީ ތިބާގެ ހިތް ހުޅުވަން މަސައްކަތް އެބަކުރަމުހެއްޔެވެ؟ ނުކުރެވޭނަމަ އަވަހަށް އެކަމަށް މަސައްކަތްފަށާށެވެ! ތިބާގެ ހިތް ހުޅުވިގެން ނޫނީ ލިބޭނެ ކާމިޔާބީއެއް ނެތުމުންނެވެ.
މީސްތަކުންގެ ހިތް ތަޅުލެވިގެންދަނީ އެމީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެއީ ފާފަތައް ކުރެވޭތީ އާއި އަޅުކަމާއި ދުރުގައި ހުރެވޭތީއެވެ. ވީމާ ތިމާގެ ހިތް މިކަންކަމުން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ.
އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ރޭއަޅުކަންކުރުމެވެ. ދުޢާކުރުމެވެ. ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ. ހަމައެއާއިއެކު އަދާކުރަންޖެހޭ ފަރުޟުތަކަށާއި ސުންނަތް އަޅުކަން ކުރުމަށް ސަމާލުކަންދޭށެވެ! ކިޔަމަންތެރިކަން އިތުރުކުރާށެވެ!
ރޭގަނޑުގެ ފަހުދަންފަޅިއަކީ ﷲ ތަޢާލާއާއި ކުއްތަންވެ ތިމާގެ ބޭނުންތަކުގެ ވާހަކަ ދަންނަވަން ލިބޭ އެންމެ ޚާއްޞަ ފުރުޞަތެވެ. އެދޭކަންކަން ހިންމަވައިދެއްވަވައި ފާފަފުއްސަވައި މީސްތަކުން ސުވަރުގެ ވައްދަވައި ދެއްވައި ދެއްވަވާ ވަޤުތެވެ. ކޮންމެ ރެއަކުވެސް ލިބިގެންދާ މިއަގުހުރި ފުރުޞަތުތަކުގެ ފައިދާ ލިބިގަނެވޭނީ ތިމާގެ ހިތް ހުޅުވައިލެވިގެންނެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވިގެންނެވެ.
ވީމާ ރޭއަޅުކަންކުރުމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ ކަމަކަށް ނުހަދައި ކޮންމެ ރެއަކުވެސް ކުރާކަމަކަށް ހަދާށެވެ! ދުނިޔެއާއި ޢާޚިރަތް ލިބިގަންނަން މަސައްކަތްކުރާ މީހަކަށްވެވޭނީ އެއިރުންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން