ޢުމުރުން ހަތްދިހަ އަހަރަށްވުރެ މަތިވުމުންވެސް އަނެކާގެ ލޯބިލިބުން އިތުރުކުރަން މަސައްކަތްކުރާ ދެމަފިރިއެއްގެ ވާހަކަ- ދިރިއުޅުން އުފާވެރިކޮށްދޭނެ އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޢުމުރުން ހަތްދިހަ އަހަރަށްވުރެ މަތިވުމުންވެސް އަނެކާގެ ލޯބިލިބުން އިތުރުކުރަން މަސައްކަތްކުރާ ދެމަފިރިއެއްގެ ވާހަކަ- ދިރިއުޅުން އުފާވެރިކޮށްދޭނެ އަގުހުރި ފިލާވަޅެއް!

އަހުރެންގެ މަންމަގެ ޢުމުރަކީ 70 އަހަރެވެ.

ބައްޕަގެ ޢުމުރަކީ 75 އަހަރެވެ. ދެމީހުންވެސް ތިބީ އަލަތު ކައިވެނިމަތީގައެވެ. ބެލެވޭ ގޮތުން ކައިވެންޏަށް 50 އަހަރު ފުރިއްޖެއެވެ. މަންމަ 14 ކުދިން ވިހެއެވެ. 11 ކުދިން ގެންގުޅެ ބޮޑުކުރިއެވެ. 3 ކުދިން ނިޔާވީއެވެ.  

އެންމެފަހުން މަންމަމެންނާއި ބައްދަލުކުރަން ދިއަދުވަހުވެސް ފުރަތަމަ ކަމަކަށް ޖެހުނީ މަންމަ ބައްޕަގެ ރަނގަޅުކަމަށް ކުރި ތަޢްރީފްގެ ބަސްތައް އަޑުއަހާށެވެ. ބައްޕަ އޮތް ކޮޓަރިއަށް ވަދެ ގާތުގައި އިށީނުމުން އަޑުއަހަންޖެހުނީ ބައްޕަ މަންމައަށް ކުރި ތަޢްރީފްގެ ބަސްތަކެވެ. ޤަބޫލުކުރަން އުނދަގޫވެސްވެދާނެއެވެ. އެކަމަކު މިބުނަނީ ތެދަށެވެ. މަންމަގެ ރީތިކަމަށްވެސް ބައްޕަ ތަޢްރީފްކުރިއެވެ.  

އަހުރެން އެދުވަހުވެސް ހިތަށް އެރިއެވެ. އެޢުމުރަށް ދުނިޔޭގައި ތިބެވިއްޖެނަމަ އަހުރެމެން ދެމަފިރިންގެ މެދުގައި ކަންކަން އެގޮތަށް ހުންނާނެބާވައެވެ! އެޢުމުރަށް އެކުގައި ތިބެވޭނެބާވައެވެ. އަހުރެން ދެކެ އަހުރެންގެ ފިރިމީހާ އެވަރަށް ލޯބިވާނެބާވައެވެ! އަހުރެންގެ ސިފަ ކަމުދާނެބާވައެވެ!  

ކޮންމެއަކަސް ކަންކަން ވާނެ ގޮތެއް ނުއެނގެއެވެ. އަހުރެމެންގެ ކައިވެންޏަށްވެސް 30 އަހަރުވެއްޖެއެވެ. އެފެންވަރަށް ލޯބިވެވޭކަމަކަށް ނުބުނާނަމެވެ. ނަމަވެސް ދެމީހުން އުޅެމުން މިއަންނަނީ ވަރަށް ލޯބިންނެވެ. ދުވަހަކުވެސް ދެބަސްވެ ޒުވާބެއް އަދި ނުކުރަމެވެ. އިރާދަކުރެއްވިއްޔާ ކުރާކަށް ނުވެސްޖެހޭނެއެވެ.  

ބައްޕަގެ ލޯބިހޯދަން މިހާރުވެސް މަންމަ ވަރަށް މަސައްކަތްކުރެއެވެ. އެކަމުން އަހުރެންނަށް ވިސްނެނީ ބައިވެރިޔާގެ ލޯބިހޯދަން ލޯބިހޯދަން މަސައްކަތްކުރަން ވަކިޢުމުރެއް ނެތްކަމެވެ. އެހެންވެ އެކަމަށް އަހުރެންވެސް މަސައްކަތްކުރަމެވެ. ފިރިމީހާ އެއްވެސް ކަމަކު ގެއިން ނުކުމެއްޖެނަމަ އެނބުރި އަންނައިރު ސާފުތާހިރުކަންމަތީގައިހުރެ ހިނިތުންވުމުން އިސްތިޤްބާލްކުރަން މަސައްކަތްކުރަމެވެ.  

މިއީ ދީނީ ޢިލްމްވެރިއަކު ދަރިވަރުންނަށް ކިޔައިދެއްވާފައިވާ ވާހަކައަކުން ނަގާށފައިވާ ތަންކޮޅެކެވެ. ވިސްނައިފިނަމަ ކޮންމެ ދެމަފިރިއަކަށްވެސް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ

 

- މިއަދުނޫސް

މިއަދު އޮންލައިން