ވަޒީފާގަވިޔަސް، ކުރާ މަސައްކަތުގަވިޔަސް ކުރިނާރާނަމަ، އަދި ލިބޭ އާމްދަނީ އިތުރުވާން ބޭނުންވާނަމަވެސް ރަޙިމުގެ ގުޅުން ދަމަހައްޓައި ބަދަހިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 23ސ
ވަޒީފާގަވިޔަސް، ކުރާ މަސައްކަތުގަވިޔަސް ކުރިނާރާނަމަ، އަދި ލިބޭ އާމްދަނީ އިތުރުވާން ބޭނުންވާނަމަވެސް ރަޙިމުގެ ގުޅުން ދަމަހައްޓައި ބަދަހިކުރާށެވެ!

އާދެ އެންމެފަހުން އަޅުގަނޑު ތިޔަ ޢިއްޒަތްތެރި އަޚުންނަށް ހުށައަޅާލާނީ ދުނިޔަވީ ބޭނުންތައްވެސް އަހަރެމެންގެ އެބައޮވޭ. ދުނިޔަވީ ބޭނުންތައްވެސް ފުދިގެންދާނެކަމެއް މީ ހަޤީޤަތުގަ މި މަތިވެރި ގުޅުންތައް ދެމެހެއްޓުމަކީ. އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި މިއޮންނަނީ : 

من مَنْ أَحَبَّ أَنْ يُبْسَطَ له فِي رِزْقِهِ، وأَنْ يُنْسَأَ لَهُ فِي أَثَرِهِ, فَلْيَصِلْ رَحِمَهُ އެމީހަކު އެމީހެއްގެ ރިޒުޤު ތަނަވަސްވެ އުމުރުގަ ބަރަކާތްލައްވަން ބޭނުންނަމަ އޭނަގެ ރަޙިމުގެ ގުޅުން ދަމަހައްޓާށޭ.  

އިމާމު ބުޚާރީ ރިވާކުރެއްވި ޙަދީޘެއް. މި އާޔަތުގަ ހަޤީޤަތުގައި މިއޮތް އޭނަގެ އަޘަރު ދެމެހެއްޓުން އޭނަގެ ނަން ރީތިވުން. ފަހަރުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ އުމުރު ދިގުކުރައްވަފާނެ އިރާދަކުރެއްވިއްޔާ. އުމުރުގަ ބަރަކާތްލައްވަފާނެ އިރާދަކުރެއްވިއްޔަ. މީހުންގެ ދުލުން އޭނަގެ ރީތިނަން ފަހުން ކިޔޭގޮތް ވެދާނެ. އެމީހާ މަރުވުމަށްފަހު މީހެއްގެ ދުލުން ލިބޭ ކޮންމެ ރީތިނަމަކީ އެއީ އޭނައަށް ލިބޭނެ ހެޔޮދުޢާއެއް ކަމުގައި ވެގެންދާނެ.

އެހެންކަމުން އަހަރެމެން އަބަދުވެސް ވިސްނަންވާނެ ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން އައިސްފައިވާ މި ޙަދީޘްފުޅަށް. އެކަލާނގެ ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ ޢާއިޝަތުގެފާނު ބަޔާންކުރައްވަނީ އަހަރެމެންނަށް. އަރުޝީގަ ރަޙިމު އެލުވިގެންވާނޭ. އެ ރަޙިމު ބުނާނޭ من وصلني وصله الله ތިމަންނަޔާ ގުޅުން ދެމެހެއްޓި މީހަކާ ﷲ ސުބުޙާނަޙޫ ވަތަޢާލާ ގުޅުން ދަމަހައްޓަވާނޭ. ومَن قطعني قطعه اللهُ ތިމަންނަޔާ ގުޅުން ކަނޑާލައިފި ކަމުގައިވަންޏާ މީހަކާ ﷲ ސުބުޙާނަޙޫ ވަތަޢާލާ ގުޅުން ކަނޑުއްވައިލައްވަވާނޭ.  އިމާމު މުސްލިމު ރަހިމަހުމުﷲ ރިވާކުރެއްވި ޙަދީޘެއް.  

އާދެ އިއްޒަތްތެރި އަހުން މިފަދަ ބައިވަރު ނައްސުތަކާ ވާހަކަތަކުގެ އަލިން އަހަރެމެންނަށް ދޭހަވަނީ ދުނިޔޭގަ އަހަރެމެނަށް ހުރިހާ ގުޅުންތަކެއްގެ މައްޗަށް އިސްކުރަންޖެހޭނީ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އޮންނަންޖެހޭ ގުޅުންތަކެއްނޫން. އިންސާނީ ގުޅުންތަކުގެ ތެރޭގައި އެންމެ އިސްކަމެއްދެވޭނެ އެންމެ އަގުހުރި ގުޅުމަކީ  އެންމެ އަޚުލާޤީ އެއްސިފަޔަކީ މައިންބަފައިންނަށް ހެޔޮކޮށްހިތުން.  

މިކަން ދޫކޮށްލައިފިކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ގޯހެކޭ. ވަރަށް ބޮޑު ފާފައަކަށް ވެގެންދާނެ ކަމެއްކަމުގައި ޢިލްމުވެރިން އެބަ ބަޔާންކުރައްވަޔޭ. އަނެއްކާ އޭގެ ސަބަބުން ޤިޔާމަތްދުވަހުން ސުވަރުގެ ނުލިބި ނަރަކަޔަށް ދާންޖެހިދާނެ ކަމެއް ކަމުގައި ކިރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައޭ. لا يدخل الجنَّةَ قاطع رحمٍ ރަޙިމުގެ ގުޅުން ކަނޑާ މީހާ ސުވަރުގެ ނުވަންނާނޭ.  

ހަމައެގޮތަށް ޙަދީޘުން ދޭހަވަނީ ބިން ފަސާދަކުރުމެކޭ އެއީ މައިންބަފައިންނާ ގުޅުންކެނޑުމަކީ . އާއިލާގެ ގުޅުންކެނޑުމަކީ. އަހަރެމެން ބިންފަސާދަ ކުރާމީހުންގެ ތެރެއިން ނުވަމާ ހިނގާ. ހެޔޮމީހުންގެ ތެރެއިން ވަމާހިނގާ. ބިން ފަސާދަނުކޮށް ބިން އިސްލާހުކޮށް މުޖުތަމަޢު ހަރުދަނާކުރާނެ ބަޔަކަށް ވަމާ ހިނގާ. އަހަރެމެން އެގޮތުގައި ލެހެއްޓެވުން އެދި ﷲ ސުބުޙާނަހޫ ވަތަޢަލާއަށް ދުޢާކުރާ ހާލުގަ އަހަރެމެން އެކަލާނގެ ޙަޟްރަތަށް ޞާލިހު އަޅުންގެ ގޮތުގައި ދުޢާކުރާ ހާލުގަ ގެންދެވުމަށް ދުޢާކުރާ ހާލު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ  

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން

މިއަދު އޮންލައިން