ބޭފުޅުންނޭ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ރުޅި ކޮންޓްރޯލްކުރަން ދަސްކުރަންޖެހޭ! ނަބިއްޔާ ﷺ އަރިހުގާ މީހަކު ވަޞިއްޔަތަކަށް އެދިވަޑައިގަތުމުން ޙަދީޘް ކުރެއްވެވީ ކީކޭ؟ لاَتَغْلَب ރުޅިނާންނާށޭ! އޭނަ އަނެއްކާވެސް ސުވާލު ކުރައްވަނީ ﷲގެ ނަބިއްޔާ އޭ ވަޞިއްޔަތެއް ކޮށްލަދެއްވަބައްލަވާށޭ،
ﷲގެ ނަބިއްޔާގެ އަރިހުގާ އެކަލޭގެފާނުގެ އުއްމަތުގެ މީހަކު ވަޞިއްޔަތަކަށް އެދުނީމާ އެކަލޭގެފާނު ވަޞިއްޔަތް މިކުރައްވަނީ لاتغلب ރުޅިނާންނާށޭ އޭނަޔަށް އެކަން ކުޑަވަނީ ތަކުރާރު އަނެއްކާވެސް ކުރައްވަނީ ނަބިއްޔާ ﷺ ހަމަ އެޖަވާބު ތަކުރާރު ކުރައްވަނީ "ރުޅި ނާންނާށޭ"
ރުޅިޔަކީ ދިރިއުޅުން ހަލާކުކުރާ އެއްޗެއް އިންސާނީ ޠަބީޢަތް އެއީ ކަމެއްގައި ހިތްހަމަ ނުޖެހިދާނެ އެކަމަކު އެރުޅީގެ މައްޗަށް މީހާ ކޮންޓްރޯލްކޮށް އިރުޝާދު ދެއްވާފައިވަނީ ރުޅިއައީމަ ހަދަންވީ ގޮތް. ރުޅިއަކީ ޝައިޠާނާގެ ކަމެއް އެކަމުގެ ސަބަބުން ހަށިގަނޑުގަ ހޫނުއުފައްދާ، ވުޟޫކުރުން، ފެންވެރުން، މީހާގެ ޙާލަތު ބަދަލުކުރުން އިށީންދެގެން އިދެއްޖިއްޔާ ކޮޅަށް ތެދުވުން ކޮޅަށް ހުރެއްޖިއްޔާ އިށީނުން، ތަންތަނަށް ދިޔުން، ބަދަލުކުރުން، މީ ރުޅިން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެނަށް ކުރެވިދާނެކަމެއް ޒަވާޖީ ޙަޔާތެއް ކާމިޔާބު ކުރުމަށްޓަކައި ރުޅި ކޮންޓްރޯލް ކުރަން އެބަޖެހޭ، ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވާނެ އެކަމަކު އެކަންކަމާ ބެހޭގޮތުން ރަގަޅުވާހަކަ ދައްކަން ޖެހޭނީ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން