ޤަޞްދުގަ ފަރުޟްރޯދަތައް ދޫކުރެވިފައިވާ މީހުންނަށް ކައްވަޅުގައިވެސް ކުރިމަތިމަތިލާންޖެހޭނެ ޢަޛާބް އެނގޭނެ ޙަދީޘްފުޅެއް!

ކިޔުމަށް ހޭދަވާނީ 3މ 9ސ
ޤަޞްދުގަ ފަރުޟްރޯދަތައް ދޫކުރެވިފައިވާ މީހުންނަށް ކައްވަޅުގައިވެސް ކުރިމަތިމަތިލާންޖެހޭނެ ޢަޛާބް އެނގޭނެ ޙަދީޘްފުޅެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

އެއްބައަކު ރޯދަ ނުހިފަނީއެވެ. އަނެއްބައަކު ރޯދައަށް ހުރެފައިވެސް އުނދަގޫވެލާއިރަށް ކައިބޮއިހަދަނީއެވެ. ރޯދަދޫކޮށްލަނީއެވެ. އެކަމަށް ދެއްވަވާނެ ގަދަފަދަ ޢަޛާބަށް ވިސްނައިލުމެއްވެސް ނެތިއެވެ.  

ޤަޞްދުގަ ފަރުޟްރޯދަތައް ދޫކުރެވިފައިވާ މީހުން ތައުބާވެ އަވަހަށް ކައްފާރާއަދާކުރާށެވެ! ނޫންނަމަ ކައްވަޅުގައިވެސް ކުރިމަތިމަތިލާންޖެހޭނެ ޢަޛާބް އެނގޭނެ ޙަދީޘްފުޅެއް: 

އަބޫ އުމާމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. 

«بينا أنا نائمٌ أتاني رجلان فأخذ بضَبعي فأتيا بي جبلًا وعرًا فقالا اصعَدْ فقلتُ إنِّي لا أُطيقُه فقال إنَّا سنُسهِّلُه لك فصعِدتُ حتَّى إذا كنتُ في سواءِ الجبلِ إذا بأصواتٍ شديدةٍ قلتُ ما هذه الأصواتُ قالوا هذا عُواءُ أهلِ النَّارِ ثمَّ انطلق بي فإذا أنا بقومٍ معلَّقين بعراقيبِهم مشقَّقةٌ أشداقُهم تسيلُ أشداقُهم دمًا قال قلتُ من هولاء قال الَّذين يُفطِرون قبل تَحِلَّةِ صومِهم» 

މާނައީ: އެއްރެއަކު ތިމަންކަލޭގެފާނު އަވަހާރަފުޅު ލައްޕަވައިގެން އޮންނަވަނިކޮށް ހުވަފެންފުޅުގައި ތިމަންކަލޭގެފާނުގެ އަރިހަށް ދެމީހަކު އަތުވެއްޖެއެވެ. ދެން އެދެމީހުން ތިމަންކަލޭގެފާނުގެ ދެއަތްޕުޅުގައި ހިފައިގެން އަރަން އުދަނގޫ ފަރުބަދައެއްގެ ކައިރިއަށް އަތުވެއްޖެއެވެ. ދެން ތިމަންކަލޭގެފާނަށް ދަންނަވައިފިއެވެ. އަރައިވަޑައިގަންނަވާށެވެ! ފަހެ ތިމަންކަލޭގެފާނު ދަންނަވާފީމެވެ. ތިކަންކުރެއްވުން ތިމަންކަލޭގެފާނަށް ކުޅަދާނަވެގެން ނުވެއެވެ. ދެން އެދެމީހުން ދަންނަވާފިއެވެ. ހަމަކަށަވަރުން ތިމަންމެން އެކަން ކަލޭގެފާނަށް ފަސޭހަކޮށްދެއްވާނަމެވެ. ދެން އެފަރުބަދައިގެ މެދަކާ ހަމައަށް ދެވެންދެން ތިމަންކަލޭގެފާނު އަރައިވަޑައިގެންނެވީމެވެ. ކުއްލިއަކަށް ތިމަންކަލޭގެފާނަށް ވަރުގަދަ އަޑެއް އިވިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނު ދަންނަވާފީމެވެ. އެއީ ކޮން އަޑުފައްގަޑެއްހެއްޔެވެ. އެބޭކަލުން ދަންނަވާފިއެވެ. އެއީ ނަރަކަވަންތަވެރިން ހޭރޭ އަޑުފައްގަޑެވެ. ދެން އެމީހުން ތިމަންކަލޭގެފާނު ގޮވައިގެން ހިނގައިގެންފިއެވެ. ފަހެ ކުއްލިއަކަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެކޮޅުކޮޅުން އެލުވިފައިވާ ބައެކެވެ. އެއުރެންގެ މިޔަކަނިތައް އިރައިލެވިފައިވެއެވެ. އަދި އެމިޔަކަނިތަކުން ލޭފައިބަފައިބާ ހުއްޓެވެ. ތިމަންކަލޭގެފާނު ދަންނަވާފީމެވެ. މިއީ ކޮންބައެއް ހެއްޔެވެ. އެމީހުން ދެންނެވިއެވެ. މިބައިމީހުން ރޯދަވިއްލާ ވަގުތު ނުޖެހެނީސް ރޯދަވިއްލާ އުޅުނު މީހުންނެވެ.

މިއަދު އޮންލައިން