އަބަދު އަނބިމީހާއަށް އެއްޗެތިގޮވާ، އަމިއްލަ ކުށް ޤަބޫލުނުކުރާ ފިރިއަކާއެކު އުޅެން މަސައަކތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަބަދު އަނބިމީހާއަށް އެއްޗެތިގޮވާ، އަމިއްލަ ކުށް
ޤަބޫލުނުކުރާ ފިރިއަކާއެކު އުޅެން މަސައަކތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބަދު އަނބިމީހާއަށް އެއްޗެތިގޮވާ، އަމިއްލަ ކުށް

ޤަބޫލުނުކުރާ ފިރިއަކާއެކު އުޅެން މަސައަކތްކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލުގައި ފުރަތަމަ ފާހަގަކުރައްވާފައިއެވަނީ ބައިވެރިޔާއަށް ނުބައި އެއްޗެތި ގޮވުމެވެ. އެކަންކުރަނީ ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް އެއީ މުސްލިމުން ކުރަން ހުއްދަ ކަމެއް ނޫނެވެ. އަޚްލާޤީ މިންގަނޑުތަކުންވެސް ބޭރުވެގެންދާ ކަމެކެވެ.

ކަމުގެ ބޮޑުމިނަށްބަލާއިރު އެއީ ގިނަފަހަރު ޖިސްމާނީ އަނިޔާކުރުމަށްވުރެވެސް ލިބޭ ގެއްލުން ބޮޑުކަމެކެވެ. އިސާހިތަކު ނަފްސާނީ ބަލިކަށިކަން ކުރިމަތިވާ އަދި އަބަދު ބިރުގަނެ ޖެހިލުންވެގެން ހުންނަންޖެހޭ ޙާލަތަށް ވެއްޓެން މެދުވެރިވާ ކަމެކެވެ.  

ދެވަނައަށް ފާހަގަކުރައްވާފައި އެވަނީ އަމިއްލައަށް ކުރެވޭ ކުށް ޤަބޫލުނުކުރުމެވެ. އެއީ އެންމެ ނުރައްކާތެރި އެއްކަންތަކެވެ. ސަބަބަކީ ކުށް ޤަބޫލުނުކުރާނަމަ އެއަންގައިދެނީ އިޞްލާޙް ނުވާނެ ކަމެވެ. ދެމަފިރިންނަށްވެސް އޮތީ ކުރެވޭ ކުށް ޤަބޫލުކޮށް މާފަށް އެދުމެވެ. ކުށް ތަކުރާރުނުކުރަން މަސައްކަތް ކުރުމެވެ.

ތިންވަނައަށް ފާހަގަކުރައްވާފައިއެވަނީ އެފަދަ ބައިވެރިއަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް މަސައްކަތްކުރަން އޮތީ ވަކިވަރަށެވެ. ކަންކަން އިޞްލާޙްކުރަން ފުރުޞަތުދިނުމުން އިޞްލާޙްނުކޮށް ތަކުރާރުކުރަމުން ގެންދާނަމަ ބުއްދިވެރި ގޮތަކީ އެހެން ގޮތެއް ހޯދުމެވެ. ސުވާލުގައި ބަޔާންކޮށްފައިއެވާ 2 މައްސަލަ އިޞްލާޙްކުރަން ބޭނުންނުވާ ބައިވެރިއަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ.

ސުވާލަށް ޖަވާބު އެކުލަވާލާފައި އެވަނީ މިފަދަ މައްސަލަތަކަށް ދީނީ ޢިލްމްވެރިން ދެއްވާފައިވާ ދަރުސްތަކުންނެވެ.  

--މިއަދުނޫސް

 

މިއަދު އޮންލައިން