އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ. އެއްދުވަހަކު އަނބިމިހާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އަވަސްއަވަސްކޮށްލައިގެން ތިރިއަށް ފޭބިއިރު ފިރިމީހާއާއި އޭނާގެ މަންމަ ތިބީ އަމިއްލައަށް ސައިހަދައިގެން ސައިބޯށެވެ.
ކައިރިއަށްގޮސް ސަލާމްގޮވުމުން މައިދައިތަ ފަށައިގަތެވެ. "ކޮން ސަލާމެއް ހެއްޔެވެ؟ އަދި ކިރިޔާ ތިއަ ހޭލެވުނީއެވެ. އިފީހަށްދާންވާއިރަށް ފިރިމީހާއަށް ސައިހަދައިދެވުނީއެއްވެސް ނޫނެވެ. ތިއައީ ކޮންކަހަލަ އުޅުމެއް ހެއްޔެވެ؟"
ޖަވާބުދިނީ ދަރިފުޅެވެ. "މަންމާއެވެ! ތިއަދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އެއްޗެތި ދޮވެ އިސްތިރިކޮށް ނިމުނީ ރޭ ކިހާއިރަކު ހެއްޔެވެ؟ އޭނާވެސް އެގެންދަނީ ކިޔަވަމުންނެވެ. ފިލާވަޅުތައް ދަސްކުރަން ކިހާއިރަކު ހޭލާއިން ހެއްޔެވެ؟ ދުވާލު ހަތަރުދަމު އެކުރަނީ ގޭގެ މަސައްކަތެވެ. ރޭގަނޑުވެސް އެކުރަނީ މަސައްކަތެވެ. އެތަން މަންމައަށް ނުފެނި ހަމައެކަނި ލަހުން ހޭލެވުނުކަން ފާހަގަކުރުމަކީ އިންޞާފެއް ހެއްޔެވެ؟"
މަންމަ ސުވާލުކުރީ މިހާރު ތިމަންނަ ދައްކާވާހަކަވެސް ކަމުނުދަނީ ހެއްޔެވެ؟ ދަރިފުޅުގެ ޖަވާބަކީ ދެކޮޅު ނުބަލައި ދައްކާ ވާހަކައިން ފިތުނަ އުފެދުން ނޫންކަމެއް ނުވާނެއެވެ. މަންމަވެސް ވާހަކަދައްކަންވާނީ ދެކޮޅުވެސް ބަލައި އިންޞާފުންނެވެ. މަންމައަށް ޙައްޤު ޤަދަރާއި މަޤާމް ދެމިއޮންނާނީ އެއިރުންނެވެ.
މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. އެކަމަކު ބުރަދަން ވަރަށް ބޮޑެވެ. ގިނަ ޢާއިލާތަކަށް މައްސަލަތައް ކުރިމަތިވެ އެކުގައި ނުއުޅެވިގެން އުޅެންޖެހޭ ސަބަބަކީ އެފިރިމީހާ އެފާހަގަކުރި މައްސަލައެވެ. އިންޞާފުން ބޭރުން ބަސްތައް ބުނެ ޅީދަރިންގެ ހިތުގައި ޖެއްސޭތީއެވެ. މިއީ އިބްލާޙްކުރަންޖެހޭ ކަމެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް