ދިރިއުޅެންޖެހިފަ މިވަނީ ފާފަތަކުންފުރިފައިވާ، ޤަޞްދަކާ ނުލައިވެސް ފާފަތައްކުރެވެމުންދާ ޙާލުގަ! ސަލާމަތްވެވޭނީ ސަމާލުވެ ބިރުވެތިވި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދިރިއުޅެންޖެހިފަ މިވަނީ ފާފަތަކުންފުރިފައިވާ، ޤަޞްދަކާ ނުލައިވެސް ފާފަތައްކުރެވެމުންދާ ޙާލުގަ! ސަލާމަތްވެވޭނީ ސަމާލުވެ ބިރުވެތިވި މީހަކަށް!

އަހުރެންގެ އެކުވެރިއަކާ ބައްދަލުކުރަން އޭނާގެ އޮފީހަށްދިއަ ދުވަހެކެވެ. ރިސިޕްޝަނުން ބައްދަލުވި އަންހެންކުއްޖާ ހުރީ ފޭރާންލައިގެންނެވެ. އެކަމަކު އަޢުރަނިވާނުކޮށެވެ. އެހިސާބުން ފުރަތަމަވެސް ޖެހުނީ އޭނާއަށް ބެލުނުކަމުގެ ފާފައަށް ތައުބާވާށެވެ! އހުރެން އެތެރެއަށްވަނީ އިސަދަށަށް ޖަހައިގެންހުރެއެވެ.

އެކުވެރިޔާއާއި ބައްދަލުކުރަން އިންދާ އައި މުވައްޒިފެއްގެ ގާތުގައި ބުނީ "އެމީހާ ގާތު އޭނާ އޮފީހުގައި ނެތްކަމަށް" ބުނުމަށެވެ. އެހެދީ ބޮޑު ދޮގެކެވެ. އެކުރެވުނީ ބޮޑު ފާފައެކެވެ. އެކަން އޭނާއަށް ވިސްނައިދީ ތައުބާވުމަށް ބުނީމެވެ.  

ބައެއް މީހުން ފާފަތައް ކަމުގައި ބަލަނީ ކުރެވޭ ބޮޑެތި ފާފަތަކެވެ. ބޮޑެތި ފާފަތަކަށް އަރައި ނުގަންނާތީ ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް އެއްވެސް ފާފައެއް ނުކުރެވޭ ކަމަށެވެ. އެހެންވެ ބައެއް މީހުން އަޑަށް ވަރަށް ބާރުލާފައި އެބަ ބުނެއެވެ. "އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. ތައުބާވާން ޖެހެންވީ އެއްވެސް ސަބަބެއް ނުއޮނަނާނެއެވެ." 

މިއީ ކަނޑައެޅިގެން ވަރަށް ބޮޑު ކުށްހީއެކެވެ. މުޅިން ގޯސް ވިސްނުމެކެވެ. އަހަރެމެންނަށް މިއަދު ދިރިއުޅެން ޖެހިފައި މިވާ މާހައުލަކީ ފާފަތަކުން ފުރިގެންވާ މާހަކައުލެކެވެ. އެހެންކަމުން ނުއެނގި ހުރެ ކުރެވޭ ފާފަތައް ވަރަށް ގިނަވާނެއެވެ. އެއްވެސް ފާފައެއް ނުކުރަން ނިޔަތް ގަނެގެން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވެސް މިޒަމާނުގައި އެއްވެސް ފާފައެއް ނުކޮށް ހުރުމަކީ ކުރެވެން އޮތަކަމެއް ނޫން ހިސާބަށް ދިރިއުޅެން ޖެހިފައިވާ މާހައުލުގައި ފާފަތައް ގިނަވެ މާހައުލު މިވަނީ ތަޣައްޔަރުވެފައެވެ.  

މިވާހަކަ ވަރަށް ގިނަ ފަހަރު ދެއްކިއްޖެއެވެ. އަދިވެސް މިހަނދާންކޮށްދެނީ ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމުގެ މުހިންމުކަން ބޮޑުކަމުން އެކަން ހަނދާންކޮށްދިނުމަށެވެ. 

ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ ﷲ ތައާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުން އެންމެ ގާތް އަމަލެވެ. ވީމާ ޤަޞްދުގައި އެއްވެސް ފާފައެއް ނުކުރި ނަމަވެސް ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ. ފާފަފުއްސެވުން ރޮއި ލޮލުން ކަރުނަ އަޅައި އާދޭސް ދަންނަވަން ޖެހޭނެއެވެ. 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން