ބަންގި ދުޢާކިޔުމަށް ގިނަ ބައަކަށް ފަރުވާކުޑަކުރެވޭތަން އެބަފެނެއެވެ. މިސްކިތްތަކުންވެސް އެކަން ފެނެއެވެ. ބަންގިގޮވާ ވަޤުތު ފޯނާކުޅެން އިނދެފައި ބަންގިދީ ނިމުމުން ދުޢާނުކިޔައި ތެދުވެ ޙަރަމްބަންނަތަން އެބަފެނެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ބަންގިދުޢާކިޔަންވީ ހަމައެކަނި މިސްކިތަކުވެސް ނޫނެވެ. ޓީވީއަކުން ނުވަތަ ރޭޑިއޯއަކުން އަޑުއިވުނަސް ބަންގިދީ ނުމުމުން ދުޢާކިޔާށެވެ. އެކަމަށް ޢިލްމުވެރިން ބާރުއަޅުއްވަވައެވެ.
ޞަޙީޙް ބުޚާރީގައި ވަނީ ބަންގިގޮވާ ނިމުމުން މިފަދައިން ދުޢާކުރާ މީހާއަށް ޤިޔާމަތް ދުވަހު ރަސޫލް ގެ ޝަފާޢަތް ލިބޭނެ ކަމަށެވެ. ވީމާ ނުކިޔައި ދޫކޮށްލާނީ އެކަން ބޭނުންނުވާ މީހެކެވެ.
اللهم رب هذه الدعوة التامة والصلاة القائمة آت محمدا الوسيلة والفضيلة وابعثه مقاما محمودا الذي وعدته
Imam Bukhari (Rady Allahu anhu) related on the authority of Jabir (Rady Allahu anhu) that the Prophet Muhammad said whoever recites the following supplication after the Adhan shall get intercession on the Day of Judgment. The supplication is:
اللهم رب هذه الدعوة التامة والصلاة القائمة آت محمدا الوسيلة والفضيلة وابعثه مقاما محمودا الذي وعدته
“O Allah! Lord of this complete call and established prayer give Muhammad the position and distinction, and give him the praised station that you have promised. Allahumma hadhihi al-da’wat al-taammah wa al-salaat al-qaa’imah ati Muhammadan al-waseelata wa al-fadeelata waba’th hu maqaaman mahmudan alladhee wa’adta.” (Sahih al-Bukhari 1/160)
"ބަންގި ގޮވުމަށްފަހު ބަންގި ދުޢާ ކިއުމަކީ އެއީ ވަރަށް މުހިންމު ވަރަށް އެދެވިގެންވާކަމެއް. އެހެންނަމަވެސް ވާޖިބް ކަމެއް ނޫނެވެ. އެހެންނަމަވެސް ވަރަށް މުހިންމު ވަރަށް ބޮޑަށް އެދެވިގެންވާކަމެއް އެއީ. ސަބަބަކީ ވަރަށް ހެޔޮ ކަންތައްތަކަށް ބަންގީގެ ދުޢާގައި އަޅުގަނޑުމެންނަށް މި އެދެވެނީ. އެހެންވީމާ އެ ހެޔޮ ކަންތައްތައް ލިބިގަތުމުން މަނާވެ ގަންނަން އެއްވެސް ޙާލެއްގައި އެއީ ބުއްދި ހުރި މީހަކު ވެއްޖެއްޔާ ކޮށްގެންވާނެ ކަމެއް ނޫން. މިހެން މިދެންނެވިކަމުގައި ވީނަމަވެސް ބަންގި ދުޢާ ނުކީ ކަމުގައި ވިއަސް އެއީކީ އޭނާ ފާފަވެރިވާނެ ކަމެއްނޫން-. ބަލަންވީ ފާފަވެރިވުމާ ނުވުމަކަށް ނޫން. އެކަމެއް ކުރުމުން ތިމާއަށް އާޚިރަތުގައި ފައިދާކުރާނެ ކޮންމެކަމެއްވެސް ކުރަން މަސައްކަތްކުރަންވީ."
ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޝަފާޢަތް ލިބިއްޖެ މީހާއަށް ހުރި ސުވަރުގެއެވެ. ވީމާ ބަންގިދުޢާ ކިޔުން ވެގެންމިދަނީ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ޢަމަލަކަށެވެ. އެވަރުގެ ފައިދާހުރި ކަމަކަށް ފަރުވާކުޑަނުކުރަމާ ހެއްޔެވެ؟
ގުޅުންހުރި ލިޔުން:
https://islamqa.org/shafii/shafiifiqh/30223/the-supplication-after-adhan/