މަންމައަށް މައްސަލަތަކުން އަރައިނުގަނެވި ހިތާމައިގަ ޢުމުރުހޭދަކުރަންޖެހުމަކީ ދަރިންނަށްވެސް އެދެރަ ލިބެންޖެހޭނެ ކަމަށް ޤަބޫލުކޮށް އެދެރަލިބެން ދޫކޮށްލަން އޮތް ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަންމައަށް މައްސަލަތަކުން އަރައިނުގަނެވި ހިތާމައިގަ ޢުމުރުހޭދަކުރަންޖެހުމަކީ ދަރިންނަށްވެސް އެދެރަ ލިބެންޖެހޭނެ ކަމަށް ޤަބޫލުކޮށް އެދެރަލިބެން ދޫކޮށްލަން އޮތް ސަބަބެއް ނޫން!

އޭނާގެ ފިރިމީހާ އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ކުރުމުން ކެތްނުކުރެވިގެން މަންމަގެ އހީތެރިކަމަށް އެދިގެން ދިއުމުން ބުނީ: "ކައިވެންޏަކީ ފިނިފެންމަލުގެ ދާނެއް ނޫނެވެ. މައްސަލަތައް ކުރިމަތިވާނެއެވެ. މަންމަގެ ޢުމުރު މިހޭދަކުރަނީ ބައްޕަގެ ކިބައިން ކުރިމަތިވާ މައްސަލަތަކުގައެވެ. އެއްވެސް އުފަލެއް ނުލިބިއެވެ. އެނބުރި ފިރިމީހާގެ ގާތަށްދާށެވެ.  

އެކައިވެންޏަކީވެސް މައިންބަފައިން ހަމަޖެއްސި ކައިވެންޏެކެވެ. ކައިވެނިކުރުމުގެ ކުރިން އޭނާއަކީ ރަނގަޅު މީހެއް ނޫންކަން އަންހެން ކުއްޖާއަށް ވިސްނި އެވާހަކަ ބުނުމުން ބުނީ ހުރިހާ ކަމެއް ފުރިހަމަ އެކަކުވެސް ނުހުންނާނެ ކަމަށެވެ.

މިމައްސަލައިގައި އަހުރެން ޢޭނާގެ މަންމަ ކުށްވެރިކުރަމެވެ. ފުރަތަމަ ކަމަކީ ދަރިއެއްގެ ނުރުހުމުގައި ލައިވެނިކުރުވުމެއް ނެތެވެ. ކައިވެނި ކުރުވަންވާނީ ދަރިފުޅުގެވެސް ރުހުމާއިއެކުގައެވެ. ނޫންނަމަ ފެށުންވެސް އެވަނީ ގޯސްވެފައެވެ.

ދެވަނަ ކަމަކީ ޖިސްމާނީ އަނިޔާކުރުމުން ޒަޚަމްތައް ހިފައިގެން މަންމަގެ ގާތަށް ދިއުމުން އެދިން ޖަވާބެވެ. އެއީ ދަރިފުޅަށް ރައްކައުތެރިކަން ހޯދައިދޭންޖެހޭނެ ކަމެކެވެ. އަނިޔާލިބެން ދޫކޮށްލުމަކީ ބޮޑުކުށެކެވެ.  

ތިންވަނަ ކަމަކީ ތިމާގެ ދިރިއުޅުމުގައި މައްސަލަތަކެއް ހުރުމަކީ ދަރިންވެސް ދިރިއުޅެންޖެހޭނީ އެފަދަ މައްސަލަތަކާއެކުގައި ކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ނޫނެވެ. ރަނގަޅު ގޮތަކީ ތިމާއަށް ކުރަންޖެހުނު ހިތިތަޖުރިބާ ދަރިންނަށް ކުރަން ނުޖެހޭނެ ގޮތަކަށް ވިސްނުމެވެ. ނޫންނަމަ އެކަންވާނީ ތިމާ އަލިފާންގަނޑަކަށް ވެއްޓިފައި އޮތަތީ ދަރިންވެސް ދަމައި އެއަލިފާންގަނޑަށް ވައްޓާލުން ފަދަ ކަމަކަށެވެ.  

އަހުރެން އެދެނީ މައިންބަފައިން މިކަންކަމަށް ވިސްނައި ދަރިންގެ ދިރިއުޅުން މިފަދަ ޙާލަތުން ސަލާމަތްކޮށްދޭން މަސައްކަތްކުރުމަށެވެ. މައިންބަފައިންގެ އެހީތެރިކަން ދަރިންނަށް ނުލިބޭނަމަ އޭނާގެ ހުރި ނިކަމެތިކަމުގެ ނާޖާއިޒުފައިދާ ފިރިން ނަގާމިންވަރު މާބޮޑުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން