އުފާވެރި ޙަޔާތެއް ބޭނުންވާމީހާ ލަދުވެތިކަމާ އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ގެންގުޅެންވީ އިޙްތިރާމް ކުރަންވީ. އަނެކަކުގެ ނަފްސާނިއްޔާތަށް އިޙްތިރާމް ކުރަންޖެހޭ ކަންކަމާ ދޭތެރޭގަ އަވަސްވެގަނެގެން ނުވާނެ.
ނަބިއްޔާ ﷺ އެއްދުވަހެއްގާ ގެއިންބޭރަށް ރޭގަނޑުގެ ވަގުތެއްގައި ނުކުމެވަޑައިގަތީ އަނބިކަނބަލުން ގޭތެރޭގަ ހުންނެވިއޭ އެކަމަނާއަށް އުދަގޫތަކެއްވިއޭ ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނު ވަޑައިގަތީމަ. ފަހަރެއްގާ ވެދާނެ އެހެން އަނބިކަބަލެއްގެ ގެކޮޅަށް ވަޑައިގަތީ ކަމަށްވެސް. ނަބިއްޔާ ނަބިއްޔާ ﷺ ގެ ގިނަ އަނބިއަނބި ކަބަލުން ތިއްބެވި ކަމުގާވިޔަސް ﷲ ތަބާރަކަ ވަތަޢާލާ އެކަލޭގެފާނަށް ހަމަހަމަކޮށް އެކަނބަލުންނާ މެދުގާ ދުވަސްބަހައިގެން އެކަނބަލުންގެ ގާތުގާ ތިބުމަށް ލާޒިމު ކުރައްވާފައެއް ނުވޭ. އެކަލޭގެފާނަށް އިޚްތިޔާރު ދެއްވިއޭ އެހެންނަމަވެސް އެކަލޭގެފާނު ޢަމަލު ކުރެއްވީ ހަމަހަމަޔަށް ބައްސަވައިގެން އަނބިކަބަލުން ގޭގެދޮރުގެ ތަންޑު އެތެރެއިން އެޅުއްވީ.
ނަބިއްޔާ ﷺ އިރުކޮޅެއްގެފަހުން ގެޔަށް ވެދެވަޑައިގަންނަވަން ވެގެން ދޮރުގާ ޓަކިޖެއްސެވި ތިމަންނާއޭމީ ދޮރުހުޅުވާށޭ. ކުޑަނުތަނަވަސްކަމެއް ދެފަރާތުގާ މިއޮތީ އަނބިކަބަލުންގެ ނުތަނަވަސްކަމެއް އެބަހުރި ކޮންމެއަކަސް އިރުކޮޅަކުން ދޮރުހުޅުއްވައިފި. ދޮރުހުޅުއްވެވީމާ އެކަލޭގެފާނު ވެދެވަޑައިގެންފައި އެކަލޭގެފާނު އެކަމަނާއަށް އަދަބެއް ނުދެއްވާ. އެކަމަނާޔަށް ބަދުބަހެއް ވިދާޅެއްނުވޭ. ހަޑިހުތުރު މުޢާމަލާތެއް އެކަލޭގެފާނު ނުކުރައްވާ. އެއީ ކީއްވެގެން؟ އެކަލޭގެފާނުގެ ނަފްސާއި އެކަމަނާގެ ނަފްސަށް އިޙްތިރާމް ކުރެއްވިއޭ.
މިއެނގެނީ އަންހެނެއް އެއަންހެންމީހާގެ ވިސްނުމަށް މިފަދަ ކަމެއް އައިއްސާނެކަން. މިހެންވީމާ ކަމެއް އެހެންވީމާ އެކަލޭގެފާނު ޙަޤީޤަތް ސާފު ކޮށްދެއްވިއޭ . ވިދާޅުވިއޭ ތިމަންނާ ބޭރަށް ނުކުތީ ޖިބްރީލްގެފާނު ވަޑައިގަންނަވައިގެން މިވެނިތަނަކަށް އެކަލޭގެފާނުގެ އަރިއަހުގަ ވަޑައިގަންނަވަން އެދިވަޑައިގަތީމްއޭ. އެކަން ނިންމަވާފަ ތިމަންނަ މިވަޑައިގަތީއޭ. އެހެންވީމާ އެކަމަނާ ހީކުރެއްވި ގޮތަކަށް ނޫން މިކަން މިއޮތީ ހިނގާފައެއް. އެހެންވީމާ ނަބިއްޔާ ﷺ އެކަލޭގެފާނު އިޙްތިރާމް ކުރެއްވީ އަނބިކަބަލުންނަށް އިޙްތިރާމްވި ޤަދަރު ކުރެއްވި އެހެންވީމާ އެއީ ވަރަށް މުހިންމު ސިފައެއް އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތުގެ ކަންކަން ކާމިޔާބު ކުރަން ބޭނުންވާ ކަމަށްވަނީނަމަ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
ލިބިދޭ ބައެއް ފިލާވަޅުތައް:
- އަނބިންގެ މެދުގަ ހަމަހަމަކުރުން
- އަނބިމީހާއަށް ޝައްކެއް ވެއްޖެނަމަ އެކަން އޮޅުންފިލުވައިދިނުން
- ލޯބިވާނަމަ ޝައްކުކުރެވޭނެކަމާ އެކަން ޤަބޫލުކުރަންވާނެކަން