ނަމާދުކުރަންވާ ގޮތަށް ނުކުރެވޭނަމަވެސް އަދި އެހެން އަޅުކަންވެސް ނުކުރެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނަމާދުކުރަންވާ ގޮތަށް ނުކުރެވޭނަމަވެސް އަދި އެހެން އަޅުކަންވެސް ނުކުރެވޭނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

ކުރަން ބޭނުންވާ ފެންވަރުގައި އަޅުކަން ނުކުރެވޭތީ ވަރަށް ގިނަ ބައަކު މާޔޫސްވެއެވެ. އަދި ބައެއް މީހުންނަށް ލިބޭ މާޔޫސްކަމުގައި އަޅުކަންކުރުމާއި ދުރުހެލިވެސްވެވެއެވެ. އެފަދަ މީހުން ވިސްނަންވީ ޝައިޠޯނާގެ މަޅީގައި ޖެހި މާޔޫސްނުވުމަށެވެ! ދޭސަމާލުކަން އިތުރުކުރާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!  

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދެއް ކޮށްލެވެނީ ވަރަށް މަދު މީހަކަށެވެ. ހަމަ އެއާއިއެކު އަޅުކަންކުރަން ފަސްނުޖެހި އަވަސްވެގަނެވެނީވެސް ވަރަށް މަދުމީހަކަށެވެ. ވީމާ މިޙާލަތުން އަރައިގަތުމަށް ފުރަތަމަވެސް ކުރަން އޮތް ކަމަކީ ކޮބައިކަމާއިމެދު ވިސްނާލަމު ހެއްޔެވެ؟  

އެކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަފުއްސަވައިދެއްވެވުމަށް އެދުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން ދާނީ އިތުރުވަމުންނެވެ. ހަމަ އެއާއިއެކު އަޅުކަންކުރެވޭނީ ﷲއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެއެވެ. އެކަންކުރެވޭނީ އެއިލާހު އަމުރުކުރެއްވި ކަންތައްތައް އަދާކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ. 

ތައުބާވުމުގެ މާނައަކީ ހަމައެކަނި ފާތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުން ކަމަށް ހަދައިގެން ނުފުދާނެއެވެ. ތިމާގެ އަތްފައިންނާއި ދުލުން އެހެން މީހުންނަށް އަނިޔާވެރިވުން ހުއްޓާލަންވާނެއެވެ. އެންމެންގެ މައްޗަށް ހިތްސާފުކޮށް ޠޯހިރުކުރަންވާނެއެވެ. އެއިރުން އިން ޝާ ﷲ އެމީހަކަށް އަޅުކަން ކުރުމުގެ ތައުފީޤް ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން