ފަޖުރުލުމާއެކު އުޑުގަ ތަފާތުކުލަތައް ޖައްސަވައި އަންގަވައިދެއްވަވަނީ ތިބާއަށް ކިހާފައިދާ ބޮޑު މެސެޖެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފަޖުރުލުމާއެކު އުޑުގަ ތަފާތުކުލަތައް ޖައްސަވައި އަންގަވައިދެއްވަވަނީ ތިބާއަށް ކިހާފައިދާ ބޮޑު މެސެޖެއްކަން އެނގޭތަ؟

ކޮންމެ ރެއެއްގެ ފަޖުރުލުމާއިއެކު އުޑުގައި ތަފާތު ކުލަތައް ޖެހިގެންދެއެވެ. އެކަމުގެ ސަބަބުން ދުނިޔެއަށް ޒީނަތްތެރިކަން ލިބިގެންދެއެވެ. މަންޒަރުބަލާ މީހުންގެ ހިތަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދެއެވެ. ހިތާމައަކީ މަހަކު އެންމެ ދުވަހަކުވެސް މިފަދަ މަންޒަރުތައް ނުފެންނަ މީހުން ގިނަކަމެވެ. އެއީ އެމީހުން މިމުހިންމު މެސެޖަށް ޣާފިލުވެ ނިދަންތިބޭތީއެވެ. 

ރަނގަޅަށް އަޑުއަހާށެވެ! އެމަންޒަރަކީ ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ ވަރަށް ވަރުގަދަ މެސެޖެކެވެ. އެމެސެޖު ވަރަށް ގިނަ ގޮތްގޮތަށް މާނަކުރެވިދާނެއެވެ. އެތަނުން އަހުރެން މިނަގަނީ އެންމެ ބޮޑަށް ސަމާލުކަންދޭންވީ މާނައެވެ.  

އެއަންގަވަނީ ތިބާ އެދުވަހު ކުރަންހުރި މަސައްކަތުގައި ބަރަކާތް ލެއްވެވުމަށް އެދޭނަމަ، އެދުވަހު ކުރަންހުރި މަސައްކަތް ކާމިޔާބުކުރެވި އުފާވެރިކަން ބޭނުންވާނަމަ އެވަޤުތުގައި މަސައްކަތް ފެށުމަށެވެ. މަސައްކަތްފަށަން ފުރަތަމަ ކުރަން އޮތްކަމަކީ ފަތިސްނަމާދެވެ. (އިހުސުންނަތް ކުރުމާއިއެކުގައެވެ.)  

އިރުއެރުމާއިއެކު އެރީތި މަންޒަރު ގެއްލިގެންދާކަން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބަކީ އެފުރުޞަތު ގެއްލިގެންދިއައީއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެވަޤުތުގައި ބަރަކާތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާކުރައްވަވައިފައެވެ.  

މިހިރަމިހިރަ ކަންކަން އެނގޭނީ އެކަންކަމަށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރާ މީހަކަށެވެ. އެކަންކަމަށް ޣާފިލުވެ ނިދަންތިބި މީހުން ދުވަސްހޭދަކުރާނީ އޭނާގެ ބޮލުގައި ޝައިޠޯނާ ޖެހިގޮށްތަކާއި އެކުގައެވެ. ވީމާ ދިރިއުޅުމުގައި ކާމިޔާބީ ޙާޞިލުކުރަން އެދޭނަމަ މިކަންކަމަށް ވިސްނައި ޢަމަލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން