މިއީ ކޮންފަދަ ބޮޑު ނިޢުމަތެއް!: ތިމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ މަލާއިކަތުންގެ ޙާޒިރުގައި ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅު ކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިއީ ކޮންފަދަ ބޮޑު ނިޢުމަތެއް!: ތިމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ މަލާއިކަތުންގެ ޙާޒިރުގައި ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅު ކުރައްވަވާނެ!

ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ އެމީހަކީ އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާ މީހަކަށްވެވުމެވެ. އެކަމަށް އެދިގެން ކުރަން އޮތް ކަމަކީ ވަރަށް ކުޑަކުޑަ އަދި ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެއީ ތިމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެންވެސް އޮތް މަގެކެވެ.  

ގުޅުންހުރި ލިޔުން: 

ކޮންމެ ކަމަކަށްވެސް ފުރަތަމަ ޚާއްޞަވެގެންވަނީ ނިޔަތެވެ. ވީމާ ތިމާ ކުރަން މިއުޅޭ ކަމަކާއިމެދު ފުންކޮށް ވިސްނާލަންވާނެއެވެ. އަދި އެކަމެއް އިޚްލާޞްތެރިކަމާއިއެކު ކުރަން ނިޔަތްގަނެ ޢަޒުމްކަނޑައަޅަންވާނެއެވެ.  

ޤުރްއާން އުނގެނެން ނުވަތަ ކިޔަވަން ޤަޞްދުކުރާ މީހާ ފުރަތަމަ ކަމަކަށްވެސް ތިމާ ކުރަން މިފަށާ ކަންތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެންނާށެވެ! އެއިގެ އިތުރުން ތިމާވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާތީ މަލާއިކަތުންގެ ޙާޒިރުގައި ﷲ ތަޢާލާ ތިމާގެމަތިން ހަނދުމަފުޅު ކުރައްވަވާކަމަށް އުންމީދުކުރާށެވެ! 

ހަމައެއާއިއެކު ކުރަންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ތިމާއަށް ކުރިމަތިވެފައިވާ ހުރިހާ ކަންބޮޑުވުންތަކެއް ދުރުގައި ބޭއްވުމެވެ. އެއީ މިވަޤުތުކޮޅަކީ ތިމާ، ތިމާގެ ވެރި ރައްބަށް ޚާއްޞަކުރާ ވަޤުތުކޮޅަކަށްވާތީއެވެ. އެގޮތަށް އެކަންތައް ކޮށްފިނަމަ ތިބާގެ ހުރި ކަންބޮޑުވުންތައް ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- ޑރ. ޝިހާމްގެ ވާހަކަފުޅު އަޑުއައްސަވާލައްވަން:

 

 

މިއަދު އޮންލައިން