ނަރަކަށް ވަންނަންޖެހޭ މީހުން ވައްދަވައި ނިމެންދެންވެސް ނަރަކައަކަށް ކެތެއް ނުކުރެވޭނެ! ބިރުވެތިވާންވީ ޖަހަގައިނެގެންވެސް މީސްތަކުން ވައްދަން މަސައްކަތްކުރާނެ ވަޤުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ނަރަކަށް ވަންނަންޖެހޭ މީހުން ވައްދަވައި
ނިމެންދެންވެސް ނަރަކައަކަށް ކެތެއް ނުކުރެވޭނެ! ބިރުވެތިވާންވީ
ޖަހަގައިނެގެންވެސް މީސްތަކުން ވައްދަން މަސައްކަތްކުރާނެ ވަޤުތައް!

 

ޤިޔާމަތް ދުވަހު ނަރަކަ އޮންނާނީ އިންތިހާއަށް ބަނޑުހައިގެންފައެވެ. ބަނޑުހައިކަން ބޮޑުވެފައިވާ ސިންގާއެއް ފަދައިންނެވެ. އެ ބަނޑު ފުރުމަށްޓަކައި ބޭނުންވާނެ ކާނާއަކީ އެ ނަރަކައަށް އަޅަން ޖެހޭ އިންސާނުންނެވެ. ދެން އިންސާނުން އެތަކެއްޗަށް އަޅުކަންކޮށް އުޅުނު ހިލަތަކެވެ. ބުދުތަކާއި އެހެނިހެން ތަކެއްޗެވެ. ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭ ހިނދު ނަރަކައިގެ ތެރެއަށް މީސްތަކުން ދަމައިގަންނަން ބޭނުންވެގެން ނަރަކަ ތެޅި ފޮޅެނީ އެހެންވެގެންނެވެ.

ބައެއް މީހުންނަށް ﷲ ތައާލާގެ ސިފަފުޅުތަކުގެ ތެރެއިން ނެގެނީ އެމީހަކު އެންމެ ބޭނުންވާ ސިފަފުޅެކެވެ. އެހެންކަމުން އެންމެންވެސް ދައްކާނީ އެންމެ އޯގާތެރިވަންތަ، އެންމެ ރަޙުމް ކުރައްވަވާ، އެންމެ ދީލަތިވަންތަ، އެންމެ ގިނައި ފާފަ ފުއްސަވައި ދެއްވަވާ، ރަސްކަލާނގެ ފަދަ ސިފަފުޅުތަކުގެ ވާހަކައެވެ. އެމީހުންނަށް ނުވިސްނެނީ ﷲ ތައާލާ އީ ހަމަ އެ ސިފަފުޅުތަކާއިއެކު، އިންސާފަށް ލޯބިފުޅު ކުރައްވަވާ، އަދުލަށް ޙުކުމް ކުރައްވަވާ، ފާފަކޮށް ތައުބާ ނުވާ މީހުންނަށް ގަދަފަދަ އަޒާބު ދެއްވަވާ ރަސްކަލާނގެކަމެވެ.

ތިމަން ﷲ އަށް އީމާންވީ މީހުންނަށް ސުވަރުގެ ދެއްވަވައި ގިނަގުނަ ނިޢްމަތްތައް މިންވަރު ކުރައްވަވާނެކަން ބަޔާން ކުރެއްވެވުމާއިއެކު ތިމަން ﷲ އަށް  އިމާން ނުވި މީހުންނަށާއި އިމާންވުމަށްފަހު ފާފަތައްކޮށް ތައުބާ ނުވި މީހުންނަށް ނަރަކަ ހުރިކަމާއި ނަރަކައިގެ ޢަޒާބުގެ ގަދަފަދަކަން ﷲ ތައާލާ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.  

މީސްތަކުންނޭވެ! ﷲ ތައާލާގެ ނިޢްމަތްތަކަށް އެދޭ ފަދައިން ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ. ނަރަކައިން ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ.  

ކޮންމެ އަހަރަކުވެސް ރަމަމާން މަސް ފެށުމާއިއެކު ނަރަކައަށް މީހުން ވައްދަވަން ހުރި ދޮރުތައް ބަންދުކުރައްވަވަވައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިލައްވަވައެވެ. މިކަންކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ.

ހިތާމައަކީ ތިމާއަކީ އެނގިތިބެމެ މިދިއަ ރަމަޟާންމަހުވެސް ﷲ ތައާލާ ދެއްވެވި މި ރަނުގެ ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރި މީހުންގެ އަދަދު މަދުކަމެވެ. ރަމަޟާން މަސް ނިމި ބަންދުކުރައްވަވާފައިވާ ނަރަކައިގެ ދޮރުތައް ހުޅުއްވެވުމުންވެސް ނަރަކައަށް ނުވަނުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކަމެވެ. ﷲ ތައާލާގެ ޚާއްޞަ އިނާޔަތެއްގެ ގޮތުން ރަމަޟާންމަހު ހުޅުއްވައިލައްވަވައިފައިވާ ސުވަރުގޭގެ ދޮރުކޮޅުތަކުން ވަންނަން މަސައްކަތްކުރި  މީހުންގެ އަދަދުވެސް ހަމަ އެހައިމެ މަދުކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަޙްޝަރު މައިދާނުގައި މީސްތަކުން ތިބޭ ވަގުތު ނަރަކަ އައިސް ޖަހައިގަންނަން މަސައްކަތްކުރާ މީހުންގެ ތެރޭގައި ނުހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން