މީހުންގެ ކިބައިން ހިތްދަތިކަން ލިބޭ ސަބަބާ އެކަމަށް އޮތް ހަމައެކަނި ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީހުންގެ ކިބައިން ހިތްދަތިކަން ލިބޭ ސަބަބާ އެކަމަށް އޮތް ހަމައެކަނި ޙައްލު!

އަހުރެމެންގެ ދިރިއުޅުމަށް ބަލައިފިނަމަ ޢާންމުގޮތެއްގައި ކޮންމެ މީހަކަށްވެސް ހިތްދަތިކަމެއް ކުރިމަތިވާނީ ކޮންމެވެސް މީހެއްގެ ފަރާތުންނެވެ. އެއީ އެކުވެރިއެއް ނުވަތަ ޢާއިލާގެ މީހަކަށްވެސްވެދާނެއެވެ. އެކުގައި މަސައްކަތްކުރާ މީހެއް ނުވަތަ އެނޫން މީހަކަށްވެސް ވެދާނެއެވެ.  

ކޮންމެއަކަސް އެކަން އެގޮތަށް މެދުވެރިކުރައްވަވާ ސަބަބަކީ ކަނޑައެޅިގެން ކޮން ކަމެއްކަން ނުއެނގިދާނެއެވެ. ނަމަވެސް އަހުރެމެން ވިސްނައިލުން މުހިންމު ކަމެއް އެބައޮތެވެ. އެކަމަކީ ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކު އެންމެ ބޮޑަށް ލޯބިވާނީ ކޮންމެވެސް މީހަކު ދެކެއެވެ.

އެހެންވެ ﷲ ތަޢާލާ އެއަންގަވައިދެއްވަވަނީ ތިމާ އެންމެ ބޮޑަށް ލޯބިވާންވީ އެއްވެސް މީހަކުދެކެ ނޫންކަމެވެ. ތިމަން ﷲ ދެކެ ކަމެވެ. މީހުންދެކެ އެންމެ އެންމެ ބޮޑަށް ލޯބިވާނަމަ ލިބޭނީ ހިތްދަތިކަން ކަމެވެ. ދުނިޔޭގައިވެސް އުފަލުގައި ހުންނަން ބޭނުންވާނަމަ ކުރަން އޮތްކަމަކީ އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ ކަމުގައި ހެދުން ކަމެވެ. 

އަހުރެމެންގެ ހަށިގަނޑުގައިވާ ލޭނާރުތަކަށްވުރެ އަހުރެމެންނާއި ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. އަހުރެމެންނަށް ކުރިމަތިވާ ކަންކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދެންނެވިނަމަވެސް ހުރިހާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަމުންވެސް އެނގެނީ ﷲ ތަޢާލާ އަހުރެމެން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމެވެ. ވީމާ ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދައި އެކަން ޢަމަލުން ދައްކާށެވެ. އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން 

- މިއަދުނޫސް  

 

 

މިއަދު އޮންލައިން