عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم “إِنَّ اللَّهَ إِذَا أَحَبَّ عَبْدًا دَعَا جِبْرِيلَ فَقَالَ: ((إِنِّي أُحِبُّ فُلَانًا فَأَحِبَّهُ )). قَالَ: ((فَيُحِبُّهُ جِبْرِيلُ، ثُمَّ يُنَادِي فِي السَّمَاءِ فَيَقُولُ: “إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُ” فَيُحِبُّهُ أَهْلُ السَّمَاءِ قَالَ:” ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ، وَإِذَا أَبْغَضَ عَبْدًا دَعَا جِبْرِيلَ فَيَقُولُ: “إِنِّي أُبْغِضُ فُلَانًا فَأَبْغِضْهُ” قَالَ: “فَيُبْغِضُهُ جِبْرِيلُ ثُمَّ يُنَادِي فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُبْغِضُ فُلَانًا فَأَبْغِضُوهُ” قَالَ: “فَيُبْغِضُونَهُ ثُمَّ تُوضَعُ لَهُ الْبَغْضَاءُ فِي الْأَرْضِ”” – رواه البخاري ومسلم
މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. " ތިމަން އިލާހު އެވެނި މީހަކު ދެކެ ލޯބިވެވޮޑިގަންނަވަމެވެ. ކަލޭގެފާނުވެސް ލޯބިވާށެވެ." ޙަދީޘްކުރެއްވިއެވެ. " ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ލޯބިވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ލޯބިވާށެވެ." ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ލޯބިވެތެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ޤަބޫލުވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ. އަދި ﷲ ތަޢާލާ އަޅަކު ދެކެ ކޯފާއިސްކުރައްވައިފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. "ތިމަން އިލާހު އެވެނި މީހަކު ދެކެ ކޯފާ އިސްކުރައްވައިފީމެވެ. ކަލޭގެފާނުވެސް ކޯފާވާށެވެ.” ޙަދީޘްކުރެއްވިއެވެ. “ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ކޯފާވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ކޯފާވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ކޯފާވާށެވެ.” ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ކޯފާވެއެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ރުޅިވެރިވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ".
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން: