ޙައިޞްގެ ދުވަސްވަރު ނަމާދުކުރާކަށް
ނުޖެހެއެވެ. ނަމަވެސް ޙައިޟުން ޠޯހިރުވެވުމުން ނަމާދުކުރަންޖެހެއެވެ. ވީމާ ލޭފެނުން ދިގުލައިދާނަމަ ޢަމަލުކުރާނެ ގޮތް އެނގުމަކީ މުހިންމު ކަމެކެވެ.
ޙައިޟުގެ އެންމެ ދިގުމުއްދަރަކަށް ވާނީ 15 ދުވަހެވެ. ދެން ޢާއްމުގޮތެއްގައި މީހަކު ޙައިޟުވާ މުއްދަތައް ބަލާނީ ޢާއްމުކޮށް ޙައިޟުވަނީ 5 ދުވަސް ނުވަތަ 7 ދުވަސް ކަމަށްވަނީނަމަ އެއަށްވުރެ އިތުރުވާ ދުވަސްތައް އެއީ ބައްޔެއްގެ ސަބަބުން އަންނަ ލޭކަމަށް ބަލާނީ، ދެން އެކިމަހު އެކިވަރަށް ޕީރެޑްވާ ކަމަށް ވަނީނަމަ ގިނަވެގެން ބަލާނީ 15 ދުވަސް 15 ދުވަހަށްވުރެ އިތުރުވާކަމުގައި ވަނީނަމަ އެއީ ބައްޔެއްގެ ސަބަބުން އަންނަލޭމިޙާލަތުގާ ހަމަ ޕީރިއަޑް ރަގަޅުވީ ކަމަށްބަލާފާ ހިނައިގަނެ އަދި ކޮންމެ ނަމާދަކަށް ވުޟޫ އާކޮށްގެން ނަމާދު ކުރާނީ ރޯދަވެސް ހިފާނީ.
-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
--މިއަދުނޫސް