ތިބާގެ ހިތަށް ސަމާލުކަންދޭށެވެ! ތިބާގެ ދިރިއުޅުމަށާ ކުރިއެރުމަށް ސަމާލުކަންދޭށެވެ. ތިބާއާއި ބައްދަލުވާ ކޮންމެ މީހަކީ ބާއާއިއެކު ދާއިމަށް ހުންނާނެ މީހެއް ނޫނެވެ. ތިބާއަށް އުފާވެރިކަންދޭނެ މީހެއް ނޫނެވެ. ތިބާއަށް ދެރަދީ ހިތްދަތިކުރުވައި ނިކަމެތިކަން ކުރިމަތިކުރުވާނެ މީހުންނާއިވެސް ބައްދަލުވާނެއެވެ. އެފަދަ މީހުންނާއި ގުޅެވެންވެސް ގުޅެވޭނެއެވެ. އެއީ ތިބާއަށް ދެއްވަވާ ފިލާވަޅެކެވެ.
އެއްވެސް މީހަކާއި ތިބާ ދުރުކުރައްވަވައިފިނަމަ ދެރަނުވާށެވެ! އެއީ ތިބާއަށް ހުރިހާ އުފާތަކެއް ހޯދައިދޭނެ މީހާއަށް ފުރުޞަތު ދެއްވެވުމަށެވެ. ވީމާ ގުޅެވޭ ބައެއް މީހުންނާއި އެގުޅެވެނީ ލައްވަވާ ރަޙްމަތަކުންނެވެ. އެމީހާ ތިބާއާއި ވަކިވެގެނެއް ނުދާނެއެވެ. ތިބާގެ ހިތަށް އަނިޔާއެއްވެސް ނުކުރާނެއެވެ.
ވީމާ ލޯބިވެރިޔާ ވަކިވެގެންވެގެންވެސް އަދި ބައިވެރިޔާ ވަކިވެގެންވެސް ދެރަނުވާށެވެ! އެއީ ތިބާއަށް މާދަމާ ކުރިމަތިވާން އޮތް ބޮޑު ނުރައްކަލަކުން ސަލާމަތްކޮށްދެއްވެވީކަމަށް ދެކޭށެވެ. ތިބާ ރަނގަޅު ގޮތުގައި ހުއްޓައި ކޮންމެ މީހަކު ނަމަވެސް ތިބާއާއި ވަކިވުން އެއީ ﷲ ތަޢާލާ ތިބާއަށް ލައްވަވާ އެންމެ ބޮޑު ރަޙްމަތެވެ. ﷲ ތަޢާލާގެ ޙިކުމަތްވަންތަކަން ޤަބޫލުކޮށް ޝުކުރުވެރިވާށެވެ. ހަމައެއާއިއެކު ތިބާއަށް އެންމެ ފައިދާހުރިގޮތް އެނގެނީ ތިބާއަށް ނޫންކަމާއި އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާކަން ޔަޤީންކުރާށެވެ!
އަހުރެން މިބުނި މަގުން ވިސްނައި ޢަމަލުކުރި ހަމައެކަކުވެސް މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
- -މުފްތީ މެންކުގެ ބަސްފުޅަކުން