ނަމާދުވަޤުތުޖެހުމުން ނަމާދަށް އަވަސްވެނުގަނެވޭ މީހުންނަކަށް އެހެން އަމުރުފުޅުތަކަށް ރައްކާތެރިއެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނަމާދުވަޤުތުޖެހުމުން ނަމާދަށް އަވަސްވެނުގަނެވޭ މީހުންނަކަށް އެހެން އަމުރުފުޅުތަކަށް ރައްކާތެރިއެއް ނުވެވޭނެ!

މިޘާލެއް ބުނެލާނަމެވެ. ކޮންމެ ދުވަހަކުވެސް އޮފީހަށްދާންޖެހެއެވެ. އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމަކަށްވުމުން ފަރުވާކުދަކުރެވޭނަމަ ވަޒިފާގައި ދެމހުރެވޭނެ ހެއްޔެވެ؟ އަދި ގަޑިއަށް ޙާޒިރުވެ ކުރަންޖެހޭ މަސައްކަތްތައް ނުކުރާނަމަވެސްމެއެވެ.  

ނަމާދުކުރުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހޭތީ ކަންނެތްވެ ފަރުވާކުޑަކުރެވޭނަމަ އެމީހަކަށް އިސްލާމް ދީނަކު ނުހުރެވޭނެއެވެ. ފުރިހަމަ މުސްލިމަކަށްވެސް ނުވެވޭނެއެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދުއެޅުން ކަމަށްވާތީއެވެ.  

ބައެއް މީހުން އެމީހުންނަކީ ހެޔޮލަފާ މީހުންކަމުގައި މީސްތަކުންނަށް ދައްކަތެވެ. އެމީހުންނަކީ ހެޔޮލަފާ މީހުން ކަމުގައިވާނަމަ އެކަން އެނގޭނީ އެމީހުން ދައްކައިއުޅޭ ވާހަކަތަކަކުންނޫނެވެ! އެމީހުންގެ ޢަމަލުތަކުންނެވެ!  

ބުނަން ހެއްޔެވެ؟ އެމީހުންނަކީ ހެޔޮލަފާ، ﷲ ތަޢާލާއަށް ބިރުވެތިވާ ބައަކު ނަމަ ފުރަތަމަ ކަމަކަށްވެސް ނަމާދަށް ބަންގިގޮވުމުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ނަމާދުކުރަން އަވަސްވެގަތުމަށެވެ. އެހެނީ ނަމާދުތަކަށް ފަރުވާތެރިވެ ރައްކައުތެރިވުމަކީ މުސްލިމުންގެ މައްޗަށް އޮތް އެންމެ ވަރުގަދަ އަމުރުފުޅެވެ.  

އެއަމުރުފުޅަށް ފަސްޖެހޭނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ކަމަކަށް ނުބުނެވޭނެއެވެ. ނަމާދުތަކަށް ރައްކައުތެރިނުވާ މީހަކަށް ﷲ ތަޢާލާގެ އެހެން އަމުރުފުޅުތަކަށް ރައްކައުތެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން