ނަމާދު އަޅަން ހެޔޮނުވާނެ! ދެއްވަވާފައިވާ ލުއިފަސޭހަ ގޮތްތަކުގެ ބޭނުންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ނަމާދު އަޅަން ހެޔޮނުވާނެ! ދެއްވަވާފައިވާ ލުއިފަސޭހަ ގޮތްތަކުގެ ބޭނުންކުރާށެވެ!

ނަމާދުއަޅާފައި ހުންނަ މީހާ އެހުންނަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. މުސްލިމުންނަކީ ނަމާދުއެޅުން ހުއްދަ ބައެއް ނޫނެވެ. އަދި އެމީހަކަށް އެހުރެވެނީ ދީނުން ބޭރުވެގަނެގެންކަމަށް އެބައޮތެވެ. ވީމާ ނަމާދުތައް އެންމެ ފުރިހަމަ ގޮތުގައި ކުރަން ހުރިހާ މުސްލިމުންވެސް ބޭނުންވާނެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުމުގައި އެވާ ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.  

ސުވާލު:. އަޅުގަނޑަކީ ކަނޑުމަތީގައި ވަޒީފާ އަދާކުރާ މީހެއް. ދެން ކަނޑުމަތީގައި ވަޒީފާ އަދާކުރާ މީހަކަށް ޖަމްޢުކުރެވޭތޯ ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޖަމްޢު ނުކުރެވޭނެކަމަށް، އެއީ ދެންހަމަ އެއްގަމުގައި މިއުޅޭ އުޞޫލުން ހަމަ ވަޒީފާގައޭ މިއުޅެނީ ދެން އެހެންވެއްޖެކަމަށްވަންޏާ ޖަމްޢު ކުރުވޭނެކަމަށް އެހެންވީމާ މީގެ ރަނގަޅު ގޮތަކީ ކޮބައިތޯ ކުރެވޭތޯ ނުވަތަ ނުކުރެވޭތޯ؟  

ޖަވާބު:. އެއްގަމުގައި ތިބޭއިރުގައިވެސް އެމީހަކަށް ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން އުނދަގޫޙާލަތަކަށް އަތުވެއްޖެކަމުގައި ވަނީނމަ މިސާލަކަށް ބުނާކަމަށް ވަނީނަމަ އަޅުގަނޑުމެން ރާއްޖޭން ބޭރުގައި އެޅޭ އިރުގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގޮސް ހުއްޓާ ފަހަރެއްގައި އޭނައަށް ހަމަ ކޮންމެ ނަމާދަކަށް އޭނާގެ ހޮޓަލަށްގޮސް ނަމާދު ކުރަން އެއީ އުނދަގޫކަމަކަށް ވެދާނެ. އެހެންވެއްޖެ ކަމަށް ވަނީނަމަ ހުއްދަ އޮބޮތް ދެނަމާދު އެއްކޮށް ކޮށްލަން، 

މިސާލަކަށް މެންދުރާ ޢަޞުރާ އެއްކޮށް ކޮށްލަން އެއީ އަދި އެއްގަމުގައިތިބޭއިރުގައިވެސް އަދި ދަތުރުވެރިން ނޫން ކަމުގައި ވީނަމަވެސް މިކަހަލަ އުނދަގުލެއް ދިމާވީމާ އޭނާއަށް ހުއްދަ އެބޮތް ޤަޞްރު ނުކޮށް ހަމަ އެކަނި ޖަމްޢުކުރަން މެންދުރާ ޢަޞުރާ، އަދި މަޣުރިބާ ޢިޝާއާ ޤަޞްރު ނުކޮށް ހަމަ އެނަމާދެއްގައި ކުރާ ޢަދަދަށް ރަކްޢަތަށް ކުރުން،  

މިސާލަކަށް މެންދުރު ނަމާދުގައި ހަތަރު ރަކްޢަތް ޢަޞުރު ނަމާދުގައިވެސް ހަތަރު ރަކްޢަތް އެގޮތަށް ކުރުން، 

އެހެންވީމާ ކަނޑުމަތީގައި އުޅުއްވާ ބޭފުޅުންވެސް އެބޭފުޅުންނަށް ކޮންމެ ނަމަދެއްގެ ވަޤުތުގައި އެނަމާދުކުރަން އުނދަގޫވާ ޙާލަތަކަށް ކަންތައްތައް ހިނގައްޖެކަމަށް ވަނީނަމަ އެބޭފުޅުންނަށް ހުއްދަ އެބޮތް މެންދުރު ގަޑީގައި ޢަޞުރު ނަމާދާ ދެނަމާދު އެއްކޮށް ކުރުން، ނުވަތަ ޢަޞުރު ގަޑީގައި މެންދުރުނަމާދާއި ޢަޞުރު ނަމާދާ ދެނަމާދު އެއްކޮށް ކުރުން، ނުވަތަ މަޣްރިބް ގަޑީގައި މަޣްރިބާއި ޢިޝާއާ އެއްކޮށް ކުރުން ނުވަތަ ޢިޝާ ގަޑީގައި މަޣްރިބާ ޢިޝާއާ ދެނަމާދު އެއްކޮށްކުރުން، ދެން އެއީ ދަތުރެއްގައި އުޅޭކަމަށް ވަނީނަމަ ދަތުރުމަތީގައިވާކަމަށް ވަނީނަމަ ދަތުރުވެރިއަކަށް ވެއްޖެ ކަމަށްވަނީނަމަ ނަމާދު ޤަޞްރު ކުރުން މާނައަކީ ހަތަރު ރަކުޢްތުގެ ނަމާދު ދެރަކްޢަތަށް ކުރުކޮށްގެން ކުރުންވެސް އެއީ ހުއްދަ ކަމެއް، 

އެކަމަކު މިދަންނަވާހެން ނަމާދު ޤަޞްރުކުރުން މާނައަކީ ހަތަރު ރަކްޢަތް ނަމާދު ދެ ރަކްޢަތަށް ކުރުކުރެވޭނީ ހަމައެކަނި ދަތުރުވެރިންނަށް، ދަތުރުވެރިން ނޫން މީހުންނަކަށް ނަމާދު ޤަޞްރެއް ނުކުރެވޭނެ މިސާލަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބޭބަލި މީހުންނަށް އެމީހުންނަށް ކޮންމެ ވަޤުތަކު ނަމާދަށް ތެދުވެ ނަމާދު ކުރަންވީމައި އުނދަގޫ ކަމަކަށް ވެދާނެ އެހެންވެއްޖެއްޔާ އެމީހުންނަށް އެބޮތް ފުރުޞަތު ދެނަމާދު އެއްކޮށް ކުރަން ޤަޞްރު ނުކޮށް މެންދުރުގެ ހަތަރު ރަކްޢަތް ކޮށްފައި ހަމަ އެވަޤުތު ޢަޞުރުގެ ހަތަރު ރަކްޢަތް ކުރުން، މަޣްރިބްގެ ތިން ރަކްޢަތްކޮށްފައި ހަމަ އެވަޤުތު ޢިޝާގެ ހަތަރު ރަކްޢަތް ކުރުން އެގޮތަށް. 

ކޮމެންޓް: އަނެއްކާ ދަތުރުމަތީގައި މިނަމާދުވެސް މީ ޖަމްޢުނުކުރެވޭނެކަމަށް އަޅުގަނޑުމެންނަކީ ވަޒީފާގައި އުޅޭ މީހުންނޭ އެހެންވީމައި ވަޒީފާގައި އުޅޭ މީހުންނަށް ޖަމްޢު ނުކުރެވޭނެޔޭ ހަމަ ވަޤުތުން ވަޤްތައް ހަމަ ކުރާށޭ ޖެހޭނީ އެގޮތަށް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ދެން އެހެންވެގެން ދީނީގޮތުން ކޮންމެ ގޮތެއްވިއަސް އޮޅުން އަރަނީތާއޭގަ އެގޮތަށް ބައެއްބޭފުޅުން ވިދާޅުވާކަމަށް ވަންޏާ އެހެންވެގެން އެ ސާފުކޮށްލީ. 

ޑރ. އިޔާޟް ވަރަށް ރަނގަޅު އިނގޭތޯ! ވަޒީފާގެ ގޮތުން ކަމުގައިވީނަމަވެސް އެތަކުލީފު ޖެހުނީމައި އެވާނީ ތަކްލީފަށް ދޮގެއްތޯ، ދަތުރުވެރިންނަށް ނުވަތަ ދަތުރުމަތީގައި އުޅޭ މީހުންނަށް ނަމާދު ޤަޞްރުކުރަން ނުވަތަ އެނޫންވެސް މީހުންނަށް އަދި ރަށުގައި ޤާއިމްވެ ތިބޭ މީހުންނަށްވެސް އެމީހުނަށް އުނދަގުލެއް ޖެހިއްޖެ ޙާލަތެއްގައި ދެނަމާދު އެއްކޮށް ކޮށްލަން އެހުއްދަ ދެއްވާފައި އެއިންނަނީ. ދެނަމާދު އެއްކޮށް ކުރުމަށް ހުއްދަ ދެއްވާފައި އިންނަނީ ސަބަބެއް އޮވެގެން. ވައިގެ ސަބަބުންޖެހޭ ތަކްލީފް ކަމުގައިވީ ނަމަވެސް އަދި އެނޫން ގޮތަކުން ވާކަމެއް ކަމުގައިވީނަމަވެސް ހަމަ ނަމާދު އެވަޤުތުގައި ތަކްލީފް ޖެހިއްޖެކަމުގައި ވަނީނަމަ ވަގުތައް ޖަމްޢު ކުރުމަކީ އެއީ މައްސަލައެއްއޮތްކަމެއްނޫން.

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

- މިއަދުނޫސް

 

މިއަދު އޮންލައިން