ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އަދި މަރުވުން މިންވަރުކުރައްވަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އަދި
މަރުވުން މިންވަރުކުރައްވަވަނީ ކީއްވެ؟

 

މީސްތަކުންނަށް ﷲ ތަޢާލާ ދިރުމާއި މަރުވުން

ދެއްވެވި ސަބަބު އެނގިގެން ނޫނީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ. ވީމާ ކޮންމެ މީހަކީވެސް އެކަމަށް ވިސްނައި ފިކުރު ކުރަން ޖެހޭނެ މީހެކެވެ.

ﷲ ތަޢާލާ މީސްތަކުންނަށް ދިރުމާއި މަރުވުން

ދެއްވެވީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ މީސްތަކުންގެ ތެރެއިން އެންމެ ގިނައިން ހެޔޮ އަމަލު ކުރަނީ ކާކުކަން ބެއްލެވުމަށެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެކަން އިމްތިޙާން ކުރެވޭ ދުވަހެކެވެ. މަރުވުމާއި ހަމައަށް މި އިމްތިޙާން ދެމިގެންވެއެވެ. އިމްތިޙާން ނިމޭނީ މަރުވުމުންނެވެ. މި އިމްތިހާނުން ފާސްވާނީ ދުނިޔޭގައި ހުންނަ ކޮނަމެ ދުވަހަކުވެސް ﷲ ތަޢާލާ އެނގެވި ގޮތުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ.

އަހަރެމެންގެ މަންމަ އާއި ބައްޕަ، އާދަމްގެފާނާއި ޙައްވާގެފާނު އުފެއްދެވުމަށްފަހު ލެއްވެވީ ސުވަރުގޭގައެވެ. ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޝައިޠާނާގެ ސަބަބުންނެވެ. ޝައިޠާނާއަކީ މީސްތަކުންގެ މައްޗަށް ހުރި ޢަދާވާތްތެރިއެކެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވައިގެން ނޫނީ އިމްތިހާނުން ހަމަ އެކަކުވެސް ފާހެއް ނުވާނެއެވެ. ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.

އިބިލީސްގެ ދަލުގައި މީސްތަކުން ޖައްސުވަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން އެއީ ޒީނަތުގެ ގޮތުގައިމ މީސްތަކުންނަށް ދައްކުވައިގެންނެވެ. ހަވާ ނަފުސުގެ އެދުންތަކަށް ހައްލުވައިގެންނެވެ. ދުނިޔޭގައި އެންމެ ގިނަ ބައަކު ތަޅާ ފޮޅަނީ އަންހެނުންނާއި ހުރެއެވެ. ދުނިޔޭގައި އެންމެ ފުރަތަމަ މީހަކު މަރައިލެވުނީ އަންހެނަކާއި ހުރެއެވެ. ދެވަނައަށް އެންމެ ގިނައިން ތަޅާ ފޮޅަނީ ފައިސާގެ ދަހިވެތިކަމުގައެވެ. ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތް ފުރޭނެ އެއްޗެއް ނޫނެވެ. އެހެން ނޫން ނަމަ ޤާރޫނުގެ ހިތް ފުރުނީހެވެ.

--ޝައިޚް ޙަސަން ލަޠީފް މޫސާގެ ދަރުސަކުން

 

މިއަދު އޮންލައިން