ވަރަށް ބަލިޙާލިކޮޅުގައި (އަވަހާެަވުމުގެ މަގުމަތީގައި) އޮންނެވި ޒުވާން ޞަޙަބީއެއްގެ އަރިއަހަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލެއް ކުރެއްވެވިއެވެ.
އެޙާލުކޮޅުގައި އޮންނެވިއިރު ﷲ ތަޢާލާގެ ރަހްމަތްފުޅާ ބެހޭގޮތުން ނުވަތަ ކުރައްވާ އުންމިދާއި ބެހޭގޮތުން ހިތްޕުޅަށް އަރާ އެއްޗަކާއިބެހޭގޮތުންނެވެ. ޞަޙާބީ ދެންނެވިއެވެ. "ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އުންމީދުކުރަމެވެ. ހަމައެއާއިއެކު ކުރެއްވިފައިވާ ފާފަތަކަށްޓަކައި ބިރުފުޅުގެންވަޑައިގަންނަވަމެވެ."
އެހިނދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވީ މިޙާލަތުގައި މީހެއްގެ ހިތުގައި މިދެކަންތައްވާނަމަ އެމީހާ ބިރުގަންނަ ކަންތަކުން ސަލާމަތްކުރައްވަވައި އުންމީދުކުރާކަންތައް ހިންމަވައި ދެއްވަވާނެ ކަމަށެވެ.
ހިތުގައި ﷲ ތަޢާލާއަށް އުންމީދުއޮތުމާއި ބިރުވެތިވުމަކީ އީމާންކަމުގެ އެންމެ މަތިވެރިދަރަޖައިގައި ހިމެނޭ ކަންކަމެވެ. އަދި އެދެކަމަކީ ހިތަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމެވެ.
މިޙަދީޘްފުޅާއިބެހޭގޮތުން ފާހަގަކުރަންޖެހޭ ކަމެއްވެސް ބުނެލާނަމެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިތްޕުޅުތިރިކަން ހުރި ބޮޑުކަމެވެ. ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް، އެންމެ މަތިވެރި އިންސާނާއެވެ. އިސްލާމީ އުންމަތުގެ އެންމެ އިސް ލީޑަރެވެ. ލޮބުވެތި ރަސޫލާއެވެ. އެކަމަކު ޞަޙާބީންގެ ގެކޮޅުތަކަށް އަމިއްލަފުޅަށް ވަޑައިގެން ޞަޙާބީންގެ ޙާލުކޮޅު ބައްލަވާތީއެވެ. ހަމައެކަނި ވަޑައިގަންނަވަނީއެއް ނޫނެވެ. ބަލިޙާލުކޮޅުގައި ތިއްބަވާ ބޭކަލުންނަށް ދުޢާވެސް ކޮށްދެއްވަވާތީއެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން