އެއްވެސް ވަރަކަށް ދެރަނުވާތި! މީހަކު ތިބާޢަށް ދެރައެއްދީފިނަމަ އެކަންވުން ގާތީ ތިބާއަށް މާރަނގަޅު ގޮތެއް މިވަރުކުރައްވަވާނެ ސަބަބަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އެއްވެސް ވަރަކަށް ދެރަނުވާތި! މީހަކު ތިބާޢަށް ދެރައެއްދީފިނަމަ އެކަންވުން ގާތީ ތިބާއަށް މާރަނގަޅު ގޮތެއް މިވަރުކުރައްވަވާނެ ސަބަބަށް!: މުފްތީ މެންކް

ތިބާގެ އެއްވެސް ކުށެއްނެތި މީހަކު ތިބާއަށް ދެރައެއްދީފިނަމަ ދެރަވެވުމަކީ އިންސާނީ ޠަބީޢަތެވެ. އެެހންކަމާއިއެކުވެސް ދެރަނުވާށެވެ! އެކަމަށް ނުވެސް ވިސްނާށެވެ! ތިމާއާއިއެކު ﷲ ތަޢަލާ ވޮޑިގެންވާކަން ޤަބޫލުކޮށް ކެތްތެރިވެލާށެވެ!  

ކުރިމަތިވި ކަންތަކަށް ނުވަތަ ލިބުނު ދެރައަށް ނުބަލައި ކެތްތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭއެއްވެސް އަޅަކު ނިކަމެތި ނުކުރައްވަވާނެތެވެ. އެމީހަކަށް ހިތްހަމަޖެހުން ދެއްވަވާނެތެވެ. މާބޮޑު އުފާވެރިކަމެއް ދެއްވަވާނެތެވެ. މާރަނގަޅު ގޮތްތައް މެދުވެރިކޮށްދެއްވަވާނެތެވެ.  

ހިތްވަރު ލިބިގަންނަންވީ ޔޫސުފްގެފާނުގެ ސިޔަރަތުންނެވެ. ފުރަތަމަ ވަޅެއްގައެވެ. ދެން އަޅެއްގެ ގޮތުގައެވެ. ދެން ހުރަގޭގައެވެ. އެހުރިހާ ކަންކަމަށް ކެތްތެރިވެވަޑައިގަތުމުން މިޞުރުގެ ވެރިކަމެވެ. ދެރަދިން އަޚުންނަށް ޖެހުނީ އެހީތެރިކަމަށް އެދި ޔޫސުފްގެފާނުގެ އަރިއަހަށް އަންނާށެވެ!  

ކީރިތި ޤުރްއާނުގައިވާ މިފަދަ ވާހަކަތައް ކިޔައިލާފައި ނިންމައިނުލާށެވެ! ފުންކޮށް ވިސްނައި ޙާޞިލުކުރަންޖެހޭ ޢިބްރަތް ޙާޞިލުކުރާށެވެ. އެވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ އެކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން