ޢުމަރުގެފާނުގެ ވަޞިއްޔަތެއް!: ފުރަތަމަ ކަމަކަށް ދަރިންނަށް ޤުރްއާން އުނގަންނައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޢުމަރުގެފާނުގެ ވަޞިއްޔަތެއް!: ފުރަތަމަ ކަމަކަށް
ދަރިންނަށް ޤުރްއާން އުނގަންނައިދޭށެވެ!

 

ކޮންމެ މައަކުވެސް އަދި ބަފައަކުވެސް އެންމެ ބޮޑަށް

ބޭނުންވާނެ އެއްކަމަކީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. ތިމާމެންގެ ދަރިންނަކީ އެންމެ ހެޔޮލަފާ ދަރިން ކަމުގައި ހެދުމެވެ!

ދަރިންގެ އަޚްލާޤާއި ތަރުބިއްޔަތުގެ ވާހަކަ ދައްކާއިރު ކުއްޖާއަށް ފުރަތަމަ އުނގަންނައިދޭ އެއްޗަކާއިމެދުވެސް ވިސްނަން ޖެހޭނެއެވެ. އެކަން ބަޔާން ކުރައްވައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރިންނަށް ފުރަތަމަ އުނގަންނައިދޭ އެއްޗަކީ ކީރިތި ޤްރްއާން ކަމުގައި ހަދަން ޖެހޭނެ ކަމަށެވެ.

ކީރިތި ޤްރްއާން އުނގަންނައި ދިނުމުގައި ފުރަތަމަ ދަސްކޮށްދެނީ ތަޖުވީދުމަގުން ކިޔަވަން ކަމަށް ހެދި ނަމަވެސް އެވަރުން ފުއްދާލައިގެން ނުވާނެއެވެ. ކީރިތި ގްރްއާން އުނގަންނައި ދިނުމަކީ ހަމައެކަނި ކިޔަވަން ދަސްކޮށްދިނުމެއް ނޫނެވެ. ކީރިތި ޤްރްއާނުގެ މާނަ އުނގަންނައި ދިނުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެއީ އަހަރެމެން އުފެއްދެވި ﷲ ތައާލާގެ ކަލާމްފުޅެވެ. އަހަރެމެން އެއަށް އަމަލުކުރަންޖެހޭ އިލާހީ ޤާނޫނެވެ. ކުދިންނަށް ކީރިތި ޤްރްއާނަށް އަމަލުކުރެވޭނީ އެއިގައި ބަޔާންވެގެންވާ އެއްޗެއް އެނގިގެންނެވެ. އެހެންކަމުން މިއީ މައިން ބަފައިންގެ ބޮލުގައި އެލިފައިވާ ޒިންމާއެކެވެ.  

ހަމަ އެއާއި ދަރިންނަށް ކިޔަން ޖެހޭނީ ރަނގަޅު ނަމެއް ކަމަށްވެސް ޢުމަރުގެފާނު ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ދަރިންނަށް ނަން ކިޔާއިރު ހަރުދަނާ އިސްލާމީ ޝަޚްޞީޔަތު ހުރި ނަންތައް ކިޔުން ރަނގަޅެވެ. އެގޮތުން ރަސޫލްބޭކަލުންނާއި ނަބީބޭކަލުންނާއި ޞަހާބީންގެ ނަންފުޅުތައް ކިޔުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ދަރިންނަށް ނަން ކިޔާއިރު އެކިޔާ ބަސް ނޫން ބަހަކުން ނަމަވެސް ނުބައި މާނައެއް އޮންނަ ނަންތައް ކިޔުން ރަނގަޅެއް ނޫނެވެ. މިސާލަކަށް ޢަރަބި ބަހުގެ މާނަ އާއި ހަމަ އެބަސް އެމީހާގެ ޤައުމު ނުވަތަ އެހެން ޤައުމެއްގައި ބޭނުންކުރާ މާނަ ތަފާތުވެދާނެއެވެ. ވީމާ މިއީވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން