އެބައަކާ ބައްދަލުކުރުމުން ހިތަށް ނުތަނަވަސްކަން ލިބޭނަމަ ބުއްދިވެރީ އެމީހުންނާ ބައްދަލުނުކުރުން!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ކިޔުމަށް ހޭދަވާނީ 1މ 9ސ
އެބައަކާ ބައްދަލުކުރުމުން ހިތަށް ނުތަނަވަސްކަން ލިބޭނަމަ ބުއްދިވެރީ އެމީހުންނާ ބައްދަލުނުކުރުން!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ޢާއިޝަތު ރަފާޙް ޢަލީ

 

ނަފްސު ރައްކާތެރިކުރުން:

ތިބާގެ ހިތަކީ ރައްކާތެރިކުރަންޖެހޭ އަގުހުރި ޖަވާހިރެކެވެ. ވަކި ބަޔަކާ ބައްދަލުވުމުން ނުވަތަ ވަކި މަޖިލިސްތަކަކަށް ދިއުމުން ހިތަށް ނުތަނަވަސްކަމާއި ދެރަ ލިބޭނެކަން އެނގޭނަމަ، އެފަދަ ކަންކަމުން ދުރުހެލިވުމަކީ ބުއްދިވެރި ގޮތެކެވެ. ހިތަށް ލިބޭ ޒަޚަމްތައް ފަސޭހަކުރުމަށްވުރެ، ކުރިއާލައި އެފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވުން މާ ފަސޭހަވާނެއެވެ. 

މާފުކުރުމާއި ދޫކޮށްލުމުގެ މަތިވެރި ސިފަ އަށަގަންނުވުން: 

ކީރިތި ޤުރުއާނުގެ ސޫރަތުލް ނޫރުގައި މާފުކުރުމުގެ މުހިންމުކަން ވަނީ ބަޔާންކުރައްވާފައެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލުން ޢާއިޝަތުގެފާނުގެ އަބުރުފުޅާ ބެހުނު މީހުންގެ ތެރޭގައި ހިމެނުނު އެކަލޭގެފާނުގެ ގާތް ބޭފުޅަކަށް އެހީތެރިކަން ފޯރުކޮށްދެއްވެވުން ހުއްޓާލެއްވުމަށް ނިންމެވި ހިނދު، މާތް ﷲ ވަޙީކުރެއްވީ އެމީހުންނަށް މާފުކޮށް ދޫކޮށްލުމަށެވެ. އަދި މާތް ﷲ ތިބާގެ ފާފަ ފުއްސަވައިދެއްވުމަށް ތިބާ ނޭދެން ހެއްޔެވެ؟ މި އާޔަތް އަޑުއިވުމާއެކު، އަބޫބަކުރުގެފާނު ވަގުތުން މާފުކުރައްވައި އަލުން އެހީތެރިވާން ފެއްޓެވިއެވެ. 

ނިންމުން: ހިތް ސާފުކޮށް ބެހެއްޓުމަކީ އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ. އެހެންކަމުން، ގިނަގިނައިން ދުޢާކުރުމާއި، މީހުންނަށް މާފުކުރުމުގެ ރޫޙު އާލާކޮށް، ހިތަށް އުނދަގޫވާ ފަދަ ކަންކަމުން ދުރުހެލިވުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. އެއީ ނަފްސަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން