ވަކިކަމެއް ނޫނެވެ! ދިރިއުޅުމުގަ ކޮންމެ ކަމެއް ކުރިމަތިވެ ބޮޑުކަމަކަށްވިޔަސް މައިންބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުންކޮށްފަ ދެންވާ ގޮތް ތަޖުރިބާކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ވަކިކަމެއް ނޫނެވެ! ދިރިއުޅުމުގަ ކޮންމެ ކަމެއް ކުރިމަތިވެ ބޮޑުކަމަކަށްވިޔަސް މައިންބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުންކޮށްފަ ދެންވާ ގޮތް ތަޖުރިބާކޮށްލަބަލަ!

މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ވާހަކަ ދެއްކުން ގިނަކުރަންޖެހިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އާޚިރަތް ދުވަސް ބާއްޖެވެރިކުރުމަށް އޮތް އެންމެ ފަހި މަގުކަމަށްވެގެންދާކަމެވެ. ހަމަ އެއާއިއެކު މައިންބަފައިންނަށް ހެޔޮކޮށްހިތާމީހެއްގެ ހިތުގައި އެހެން މީހުންނަށްވެސް ރަހުމާއި ލޯތްބާއި ކުލުނު އިތުރުވެގެންދާ ސަބަބަކަށް އެކަން ވެގެންދާތީއެވެ.  

ތަޖުރިބާއިން އެނގޭ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހުންނަށް އޮންނަނީ އެއްވެސް މީހަކަށް ހެޔޮކޮށް ނުހިތިފައެވެ، އަނބިންނަށް، ފިރިންނަށް އަދި ދަރިންނަށްވެސް ހެޔޮކޮށް ނުހިތިފައެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމަކީ އެމީހެއްގެ ހިތް ހަރުވެ ހިލަވެގެންދާ ސަބަބަބެކެވެ.

ވަކިކަމެއް ނޫނެވެ! ދިރިއުޅުމުގަ ކޮންމެ ކަމެއް ކުރިމަތިވެ ބޮޑުކަމަކަށްވިޔަސް މައިންބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުކޮށްފަ ދެންވާ ގޮތް ތަޖުރިބާކޮށްލަބަލާށެވެ! ގިނަ ބައަކުން\އެކަން ވަނީ އެންމެ ފައިދާހުރި ކަންތަކުގެ ގޮތުގައި ތަޖުރިބާކުރެވިފައެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.

މީހަކު އެއްދުވަހަކު ކީރިތި ރަސޫލުﷲ ﷺ ގެ އަރިހަށް އައިސް ތިމަންނާ އެންމެބޮޑަށް ހެޔޮކޮށް ހިތަންޖެހެނީ ކާކަށްތޯ ސުވާލު ކުރުމުން ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެން ކާކަށްތޯ ސުވާލުކުރުމުންވެސް ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެން ކާކަށްތޯ ސުވާލު ކުރުމުންވެސް ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެންކާކަށްތޯ ސުވާލު ކުރުމުން ޙަދީޘް ކުރެއްވީ ތިބާގެ ބައްޕައަށޭ، އެހެންވީމާ، މަންމަގެ ދަރަޖަ ތިންފަހަރަށް ދެއްވުމަށްފަހުގާ ދެންމި ބަޔާން ކުރައްވަނީ ބައްޕަގެ ވާހަކަ .

އެހެންވީމާ، މައިންބަފައިންނަށް ދޭންޖެހޭ ޤަދަރާއި، އިޙްތިރާމް އެއީ ވަރަށް މުހިންމު އެއްޗެއް އެޤަދަރާއި އިޙްތިރާމް އަޅުގަނޑުމެންނަށް ނުދެވިއްޖެ ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް ހަމަ ދުނިޔަވީ ތަޖުރިބާތަކުން ފެންނަން އެބަހުރި މައިންބަފައިންނާ ދޭތެރޭގާ ގޯސްކޮށް ކަންތައް ކޮށްފަ ހުންނަ މީހުން އެމީހުންނަށް ދުނިޔެމަތީގަވެސް އެކަމުގެ ހިތި ފެންނަތަން އަދި އާޚިރަތުގަ އަދި ކޮބައިތޯ އާޚިރަތުގެ އިތުރުން ދުނިޔެމަތީގާ އެމީހުންނަށް އެކަމުގެ އަދަބު ނުވަތަ އެކަމުގެ ޝަޒާ ލިބެމުންދާތަން އެއީ އަޅުގަނޑުމެންނަށް ހަމަ ތަޖުރިބާގެ އަލީގާ ފެންނަން ހުރި ކަންތައްތައް އެހެންވީމާ، އެފަދަ ކަންތައްތަކަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުކަންދީ އެފަދަ ކަމެއް އަޅުގަނޑުމެންގެ ކިބައިން ވިޔަނުދިނުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަންވާނެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ދަރުސަކުން

 

މިއަދު އޮންލައިން