ތިމާއަށް އުފަލެއް ލިބޭނެކަމަށް ހީކޮށް އަނެކާ ހިތްދަތިކުރުވުމަކީ ހެދޭ ބޮޑު ގޯހެއް! ހިތްދަތިވި މީހާއަށް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާއަށް އުފަލެއް ލިބޭނެކަމަށް ހީކޮށް އަނެކާ ހިތްދަތިކުރުވުމަކީ ހެދޭ ބޮޑު ގޯހެއް! ހިތްދަތިވި މީހާއަށް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

މީހަކަށް ދެރައެއް ނުވަތަ ހިތްދަތިކަމެއް ދެވުމުން އެކަމަށް އުފާކުރާ ބައަކު އުޅެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެއީ އެދެރަ ދިން މީހާއަށް އޮތް އުފާވެރިކަމެއް ނޫނެވެ. އެއީ ދެރަ ލިބުނު މީހާއަށް އޮތް އުފާވެރިކަމެކެވެ.  

ސަބަބަކީ އެއްވެސް މީހަކަށް އޭނާގެ ކުށެއް ނެތި ދެރައެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެއީ އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތެކެވެ. އެއީ އެމީހަކަށް ލިބެން އޮތް ބޮޑު ރަޙްމަތް އޭނާއަށް ފޯރުމަށް ނުވަތަ ލިބިގަތުމަށް ހުޅުއްވަވައި ދެއްވަވާ ދޮރެކެވެ. އެމީހަކު އެކަމަށް ވިސްނައި ﷲ ތަޢާލާއަށް ދަންނަވަންޖެހޭ ދެންނެވުންތައް ދެންނެވުނަމްތީގައި ކެތްތެރިވެލައިފިނަމަ އޭނާގެ ހިތްފުރޭވަރަށް ނިޢްމަތްތައް ދެއްވަވާނެތެވެ.  

އަދި އެހިސާބުން އެކަން ނިމެނީއެއް ނޫނެވެ. ދެރަދިން މީހާއަށް އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ދެއްވަވާނެތެވެ. ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ތަކްލީފްތައް ކުރިމަތިކުރައްވަވާނެވެ. އެއީ ﷲ ތަޢާލާގެ އަޅަކަށް ދެރައެއް ދިނީތީއެވެ. އޭނާގެ ހިތްދަތިކުރުވީތީއެވެ.  

ވީމާ މީހަކު ދެރައެއް ދިނަސް ހިތްދަތިކަމެއް ކުރިމަތިކުރުވިޔަސް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މަދަދާއި ވާގިއެދުމުގައި ޘާބިތުވެލާށެވެ. ކުރާ އަޅުކަން ގިނަކޮށްލާށެވެ. ޚާއްޞަކޮށް ސަޖިދަކުރުން ގިނަކޮށްލާށެވެ. ދުޢާކުރުން ގިނަކޮށްލާށެވެ. އެމީހަކަށް ދެއްވަވާ އުފާވެރިކަމާއި ހިތްހަމަޖެހުން ބޮޑުވެ އެޙާލަތު ކުރިމަތިވީތީ އުފާކޮށް ޝުކުރުވެވިވެވޭނެއެވެ. އިން ޝާ ﷲ

 

މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން