ލޯބިވެރިޔާގެ ކިބައިގަ މިއިން ސިފައެއް ހުރިނަމަ އެސިފަ އިޞްލާޙް ނުކުރަނީސް ކައިވެނިކޮށްފިނަމަ ޖެހޭނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލޯބިވެރިޔާގެ ކިބައިގަ މިއިން ސިފައެއް ހުރިނަމަ އެސިފަ އިޞްލާޙް ނުކުރަނީސް ކައިވެނިކޮށްފިނަމަ ޖެހޭނީ ކަރުނައަޅަން!

ކައިވެނީގެ ކުރިން ބައެއް މީހުން ބައެއް ސިފަތައް ދަމަހައްޓަނީ ލަދުވެތިކަމުންނާއި ދީނަށް ޢަމަލުކުރުމުގެ ގޮތުންނެވެ. އެސިފަތަކަކީ ކައިވެނިކުރުމުން ބަދަލުކުޜާނެ ސިފަތަކެކެވެ. ސަމާލުކަންދޭންޖެހޭ ސިފަތަކަކީ އެއީއެއް ނޫނެވެ.

ސަމާލުކަންދޭންޖެހޭނެ ސިފަތަކަކީ ރުޅިގަދަވުން، ނުބައިބަސްބުނުން، ދޮގުހެދުން، ތެދުވެރިނުވުން، ވަޢުދަށް އިޙްތިރާމް ނުކުރުން، އަނެކާއަށް އިޙްތިރާމްކުރުން، އަޅުކަންކުރުން ފަދަ ސިފަތަކަށެވެ.  

ލޯބިވެގެން ނަމަވެސް ލޯބިނުވެ ނަމަވެސް ކައިވެނިކުރަން ޤަޞްދުކުރެވުނު މީހާގެ ކިބައިގައި މިސިފަތައް ނުވަތަ މިއިން ސިފައެއް ހުރިނަމަ ކައިވެނީގެ ކުރިން އެކަން އިޞްލާޙްކުރަން ބުނެ އިޞްލާޙްކުރިކަން ޔަޤީންކުރަންވާނެއެވެ. މިއިން އެއްވެސް ސިފައަކީ ސްވިޗެއް ޖައްސައިލީމާ އޮން/އޯފްވާހެން ބަދަލުކުރެވޭނެ ސިފައެއް ނޫނެވެ. ކައިންވެންޏަކީ އެފަދަ އޮން/އޯފް ސިވްޗަކަށްވާނެ ކަމަށް ހީވެސް ނުކުޜާށެވެ. މިބުނިފަދަ ކޮންމެ ސިފައެއްވެސް އިޞްލާޙްކުރެވޭނީ އެމީހަކު އެކަމަށް ޤަޞްދުކޮށް މަސައްކަތްކުރުމުންނެވެ.  

އަހުރެން މިބަޔާންކުރި އެއްވެސް ސިފައެއް ހުރި މީހަކާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ދިރިއުޅުން އަމިއްލައަށް ހޫނުފެނަށް ވައްޓައިނުލާށެވެ. ހޫނުފެނަށްލީމާ ފިހޭނެކަން އެއީ ޔަޤީންކަމެކެވެ. ތިމާވީމާ ތަފާތު ގޮތެއް މެދުވެރިވާމެ ކަމަށް އުންމީދުކުރުމަކީވެސް މޮޔަކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން