މެއްސެއްގެ ސަބަބުން ސުވަރުގެވަން މީހާއާ މެއްސެއްގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނު މީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
މެއްސެއްގެ ސަބަބުން ސުވަރުގެވަން މީހާއާ މެއްސެއްގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނު މީހާގެ ވާހަކަ-

ސަލްމާން ބިން ފާރިސީ ރަޟިޔަﷲ އަންހު ގެ ކިބައިން އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަނެވެ. އަދި އެހެން މީހަކު މެއްސެއްގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނެވެ. 

އެކަން ވީގޮތަކީ ދެ މީހަކު އެއްފަހަރެއްގައި ބުދަށް އަޅުކަން ކުރަމުންދިޔަ ރަށެއް ހުރަސްކުރަން ޖެހުނެވެ. ދެން އެރަށުގެ މީހުން ބުންޏެވެ. މިއަދު އަހަރެމެންގެ ބުދަށް އެއްޗެއް ޤުރުބާން ކޮށްފާ މެނުވީ މި ރަށް ހުރަސް ނުކުރެވޭނެއެވެ. އެ ޤައުމުގެ މީހުން އެތަނުން އެކަކަށް ބުނި، ކޮންމެސް އެއްޗެއް ޤުރުބާން ކުރާށެވެ. އޭނާ ދެކޮޅު ހެދުމުން އޭނާ ޤަތުލް ކުރި.

ދެން އަނެއް މީހާއަށް ބުނެފި އެއްޗެއް ޤުރުބާން ކުރާށޭ. މެއްސެއް ނަމަވެސް ޤުރުބާން ކުރާށެވެ. ދެން އޭނާ ބުންޏެވެ. މެއްސަކީ ކޮބާ ހެއްޔެވެ. މެއްސަކީ (އޭގެ މާނައަކީ ކޮންއެއްޗެއްހޭ) ވަރަށް ކުޑަކުޑަ އެއްޗެއް ނޫންހޭ. އެއަށްފަހު އޭނާ މެއްސެއް ޤުރުބާން ކޮށްފިއެވެ.  

ސަލްމާން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަދި އެ ޢަމަލުގެ ސަބަބުން ޝިރުކު ނުކުރުމުގެ ސަބަބުން އެކަކު (އެއްޗެއް ޤުރްބާން ނުކޮށްގެން ޤަތުލުކުރެވުނު މީހާ) ސުވަރުގެ ވަދެއްޖެއެވެ. ޝިރުކު ނުކުރުމުގެ ސަބަބުން އެކަކު ސުވަރުގެ ވަދެއްޖެއެވެ. އަދި އަނެކަކު ޝިރުކު ކުރުމުގެ ސަބަބުން ނަރަކައަށް ވަދެއްޖެއެވެ.  

މީ ޙަޤީގަތުގައި ސަލްމާން ރަޟިޔަﷲ އަންހުގެ ބަސްފުޅެއް. އެކަމަކު މީ އެކަލޭގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން  ޚަބަރު ލިބިގެން މެނުވީ އެކަލޭގެފާނަށް މިބަސްފުޅު ޙަޤީގަތުގައި އަޅުގަނޑުމެންނާ ހަމައަށް ގެންނާކަށް އެކަލޭގެފާނަކަށް ޚަބަރެއް ނުވެއް ލިބޭނެ. ނަމަވެސް މި ބަސްފުޅު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަކުންނެއް ނޫން ރިވާވެގެންވަނީ. މި ބަސްފުޅު ސަލްމާން ރަޟިޔަﷲ އަންހުގެ ކިބައިން އަޅުގަނޑުމެންނާ ހަމައަށް އައިސްފަ އޮތީ.

ނަމަވެސް މިފަދަ ޙަދީޘް ބަސްފުޅުތައް ޢިލްމުވެރިން މައުޤޫފް، މީ މައުޤޫފް ޙަދީޘް އެކޭ ޢިލްމުވެރިން ވިދާޅުވަނީ. ނަމަވެސް މީ ޤައިބުގެ ނޫނީ ޢަޤީދާގެ މިފަދަ ޚަބަރެއް އައިސްފައިވާ ޙަދީޘް ބަސްފުޅަކަށް ވާތީވެ، ޢިލްމުވެރިން މިދފަދަ ޙަދީޘް ބަސްފުޅުތައްވެސް މީ ޞައްޙަ ޙަދީޘް ބަސްފުޅުތައް ކަމަށްޢިލްމުވެރިން ބަޔާން ކުރައްވާ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން ސީދާ އައިސްފަ ނެތް ކަމުގައި ވީނަމަވެސް، މި ވެދާނެއޭ ޢިލްމުވެރިން ބަޔާން ކުރައްވަނީ ޞަޙާބީއަކު ޣައިބުގެ ނޫނީ ޢަޤީދާގެ ވާހަކައެއް މިހެން ބަޔާން ކުރައްވާތީވެ، ޞަޙާބީއަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން ޞަޙާބީއަށް ބަޔާންކޮށްދެއްވީމައޭ ޞަޙާބީން މިފަދަ ޚަބަރެއް އަޅުގަނޑުމެންނަށް ގެނެސްދެއްވާނީ. އެހެންވީމަ ޢިލްމުވެރިން މިފަދަ ޙަދީޘް ބަސްފުޅުތައް ޤަބޫލުކުރައްވާ. 

ދެން މި ޙަދީޘް ބަސްފުޅުގައި ވަރަށް ކުޑަކުޑަ ޢަމަލެއް މި ދެމީހުންވެސް މި ކުރީ. އެކަކު މެއްސެއް ޤުރުބާން ނުކުރީތީވެ އެކަކު އެމީހުން މި ޤަތުލް ކޮށްލީ. އެކަމަށްޓަކައި ޝިރުކަށް ދެކޮޅުހެދުމުން އެކަކު މި ސުވަރުގެއަށް ވަނީ އަދި އަނެކަކު މެއްސެއް އޭނަ މި ޤުރުބާން ކުރީ، މެއްސެއް އޭނަ ބުދަކަށްޓަކާ މި ޤުރުބާން ކުރީ. ވަރަށް ކުޑަކުޑަ ޢަމަލެއް، ނަމަވެސް، އެކަމުގެ ސަބަބުން އޭނާ ޝިރުކުގެ ސަބަބުން އޭނާ މި ނަރަކައަށް ވަންނަން މި ޖެހުނީ.  

ޝިރުކު ބެހިގެން ވަނީ ދެބަޔަކަށް. އެއީ ބޮޑު ޝިރުކު އަދި ކުޑަ ޝިރުކު. ބޮޑު ޝިރުކުގެ ސަބަބުން މީހުން މިއްލަތުން ބޭރުވެގެންދޭ. އޭގެ މާނައަކީ، ބޮޑު ޝިރުކު ކުރާ މީހާއަކީ މުސްލިމެއް ނޫން. އޭނާއަކީ ކާފަރެއް. އޭނާއަކީ ދީނުން ބޭރުވެފައިވާ މީހެއް. ކުޑަ ޝިރުކަކީ އެއީ ބޮޑު ޝިރުކަށް މަގުފަހިވާ، އޭގެ ސަބަބުން ދީނުން ބޭރުނުވާ ކޮންމެ ޝިރުކެއް.  

 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން

ޝަރަޙަ އަޑުއައްސަވާލައްވަން:

 

 

މިއަދު އޮންލައިން