ބުރަ މަސައްކަތުން ކުރާ ހެޔޮކަމުގެ ޘަވާބު ޤިޔާމަތް ދުވަހު ތިމާއަށް ގެއްލިގެން ނުދާނީ ތިމާގެ އަނގައަށް ދޭންޖެހޭ ސަމާލުކަންދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބުރަ މަސައްކަތުން ކުރާ ހެޔޮކަމުގެ ޘަވާބު ޤިޔާމަތް
ދުވަހު ތިމާއަށް ގެއްލިގެން ނުދާނީ ތިމާގެ އަނގައަށް ދޭންޖެހޭ ސަމާލުކަންދީގެން!

 

ތިމާކުރާ ހެޔޮ އަމަލުތަކުގެ ސަވާބު ފުރިހަމަ

ގޮތުގައި ޤިޔާމަތް ދުވަހު ލިބުމަށް އެދޭނަމަ އެމީހެއްގެ އަނގަ ބަންދުކުރަން ޖެހެއެވެ. ދުލުން ބުނާ ބަސްތަކަށް ބިރުވެތިވާން ޖެހޭނެއެވެ. ނޫން ނަމަ އެހައި ބުރަ މަސައްކަތުން ކުރި ހެޔޮ އަމަލުތައް ދާނީ ބާޠިލުވަމުންނެވެ.  

ބުރަމަސައްކަތުން ތބާ ކުރި ހެޔޮ އަމަލުތަކަކީ ތިމާއަށް ޤިޔާމަތް ދުވަހު ފައިދާ ކުރާނެ އަމަލުތަކެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންނަމަ ތިމާ އާއި ނުބެހޭ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ! މީސްތަކުންގެ އަމިއްލަ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ. ޣީބައަކަށް ވެދާނެ އެއްވެސް ވާހަކައެއް ނުދައްކާށެވެ!

ތިބާ ކުރި ހެޔޮ އަމަލުތައް ބާޠިލުވެދާނެ ކަމަށް މިބުނަނީ ތިބާއަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން އެހެން މީހުންނަށް ބަދަލުދޭން ޖެހި ތިބާ ކުރި ހެޔޮ އަމަލުތައް ތިބާގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. އެއީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.  

ވީމާ ތިމާގެ އަނގައަށް ކޮންމެ މީހަކުވެސް ސަމާލުކަން ދޭށެވެ. ބޭކާރު ވާހަކަތައް ނުދައްކާށެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ! ޛިކްރުކުރުން ގިނަކުރާށެވެ. ތިމާ ކުރި ހެޔޮ ޢަމަލުތަކުގެ ޘަވާބުން އުނިކުރަން ނުޖެހި ތިމާއަށް ލިބޭނީ އެއިރުންނެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން