ކުޑަދަރިފުޅަށްވުރެ އޭނާކުޅޭ ގޭމް މުހިންމުވާހިސާބަށްދިއުމުން ވިސްނާލަން އެބަޖެހޭ ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކުޑަދަރިފުޅަށްވުރެ އޭނާކުޅޭ ގޭމް
މުހިންމުވާހިސާބަށްދިއުމުން ވިސްނާލަން އެބަޖެހޭ ނޫންތޯ؟

 

"އަޅުގަނޑުމެން ލޯބިވެގެން އުޅުނުއިރު އޭނާ ގޭމްކުޅޭތަނެއް ނުފެނެއެވެ. ކައިވެނިކުރުމުން ފެންނަން ފެށިއެވެ. ދަރިއަކުލިބުނުއިރު ހުރީ މާބޮޑަށް ދެވިހިފައިފައެވެ. ދަރިފުޅަށް 3 އަހަރެވެ. ކުޅެން އިންދައި ދަރިފުޅު ގާތަށްގޮސް ގޮވާލުމުން ސަމާލުކަން ނުދޭތަނުގައި ކޮއްޕައި އެބަ ދުރަށްލައެވެ. ވިސްނައިދޭން މަސައްކަތްކުރުމުން ބުނަނީ ވަރަށް އެވަހަށް ދުނިޔޭގެ އެންމެ ގަަދ 10 މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެއިރުން ކުރާނެ ފައިދާޢަކީ ކޮބައިތޯ ސުވާލުކުރުމުން ބުނަނީ ޓޮޕް ކުޅުންތެރިއަކަށްވެވޭނެއެވެ. އެކަމުން ކުރާނީ ކޮންފައިދާއެއްތޯ ސުވާލުކުރީމާ ބުނަނީ އަނގަގަދަ ނުކުރުމަށެވެ." 

މިއީ ޒުވާން މަންމައަކު ވަރަށް އަސަރާއިއެކު ކިޔައިދިން ވާހަކަކޮޅެކެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން މުހިންމު ލިޔުމެކެވެ.

ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން އުފައްދާފައި ހުންނަ ގޭމްކުޅުމަކީ ހުއްދަ ކަމެކެވެ. ވީމާ ލިބޭ ހުސްވަޤުތެއްގައި ގޭމެއް ކުޅެނުލާކަށް ނުބުނަމެވެ. ނަމަވެސް މިދައްކަނީ ގޭމްކުޅެމުންގޮސް ދެވިހިފީމާ ކުރިމަތިވާ ނުރައްކާތެރިކަމުގެ ވާހަކައެވެ.  

ގޭމްކުޅެން ދެވިހިފުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެއްޖެކަމަށް ބުނެފިނަމަ ބައެއް މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދާނެއެވެ. ހިތަށް އަރާނެއެވެ. "ގޭމްކުޅުމަކީ ހުއްދަކަމެކެވެ. އެހެންވީއިރު ގޭމްކުޅުމަކީ އެހައި ނުރައްކާތެރިކަންބޮޑުކަމަށްވާންވީ ކީއްވެގެންހެއްޔެވެ.؟"

އެކަން މެދުވެރިވާ ސަބަބަކީވެސް އެގޮތަށް ވިސްނޭކަމެވެ. ގޭމްކުޅުމަކީ ފާފައެއް ނޫންކަމަށް ބަލައި އެކަންކުރަމުންގޮސް ދެވިހިފަނީއެވެ. ލިބޭ ހުރިހާ ހުސްވަޤުތުތަކެއްގައި އެކަންކުރެވެނީއެވެ. ރޭގަނޑުގެ ނިދިނަގާލާފައި ހޭލާ އިނދެގެންވެސް އެކަން ކުރެވެނީއެވެ.

 

ގޭމްކުޅެންހަދައިގެން ނަމާދުގެ ޖަމާޢަތަށްދާން ހަނދާންނެތޭ ބައަކު އެބައުޅެއެވެ. ޢާއިލީ ޒިންމާތަކުގެމަތިން ހަނދާން ނައްތާލައި ފަރުވާކުޑަކުރެވޭ ބައަކުވެސް އެބައުޅެއެވެ. ދެން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. މުސްލިމުންނަކީ އަޅުކަމުގައި ހޭދަކުރާ ވަޤުތުތަކުގެ އިތުރުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަންޖެހޭނެ ބައެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ގިނަ ވަޤުތުތަކެއް ހޭދަކޮށްގެން ނުވާނެއެވެ. ނަމަވެސް ގޭމްކުޅޭ ވަޤުތު އެނޫން އެއްވެސް ކަމެއް ހަނދާނެއް ނުކުރެވޭނެއެވެ. ވީމާ މީހާއަށް އެދެވެނީ ﷲ ތަޢާލާ އާއި ދުރުހެލިވެވެމުންނެވެ.

 

ވިސްނައިލާށެވެ! އެއްވެސް މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްފިނަމަ އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވަތެވެ. ވީމާ އަހުރެމެން މުސްލިމުން ވާންޖެހޭނީ އެމީހެއްގެ މަތިން ވީހާގިނައިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެ މީހަކަށްވުމަށެވެ. އެއިރުން އެމީހަކަށް ލައްވަވާނެ ރަޙްމަތް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ

 

--މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން