ﷲ ތަޢާލާދެކެ ލޯބިވާނަމަ ފުރަތަމަކަމަކަށްވެސް ދީނުގައިވާ ހުރިހާ ކަމަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! ފާފަނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ﷲ ތަޢާލާދެކެ ލޯބިވާނަމަ ފުރަތަމަކަމަކަށްވެސް ދީނުގައިވާ ހުރިހާ ކަމަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! ފާފަނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

ކޮންމެ މީހަކީވެސް ދީން ފަތުރަން މަސައްކަތްކުރެވޭނެ މީހެކެވެ. ދަރިން އިސްލާމް ދީނުގެ މަގުގައި ތަރުބިއްޔަތުކުރުމަކީވެސް ދީންފެތުރުމެވެ. އަނބިދަރިން ލައްވައި ނަމާދުކުރުވުމަކީވެސް ދީން ފެތުރުމެވެ. އެހެން މީހުންނަށް ނަމާދާއި އެހެންވެސް ހެޔޮކަންކަން ކުރަން ހަނދާންކޮސްދިނުމަކީވެސް ދީން ފެތުރުމެވެ. ވީމާ ތިމާއަކީ ދީން ފަތުރަން އެއްވެސް ކަމެއް ކުރެވެން ނެތް މީހަކުކަމަށް ވިސްނުމަކީވެސް ކުރެވޭ ނުބައި ޚިޔާލެކެވެ.  

ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ އިސްލާމް ދީނަށް ޢަމަލުކުރާ މީހަކަށެވެ. ދީނުގެ ކަންކަމުގެ ތެރެއިން ބައިކުޅަ ބައަކަށް ނޫނެވެ. ހުރިހާ އެންގެވުންތަކަށެވެ. އެކަން އެގޮތަށް ކުރެވޭނީ އެކަމަށް ޝައުޤުވެރިކަން އުފެދިގެންނެވެ. މީހާގެ ކިބައިގައި ޝައުޤުވެރިކަންވެސް ހުރެގެންނެވެ.  

ހަމައެފަދައިން އިސްލާމް ދީނަށް ޚިދުމަތް ކުރުމަކީވެސް ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރެވޭނީވެސް ހިތުގައި ލޯބި އުފެދިގެންނެވެ.

މިކަންކަން ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންނަށް އޮތީ މިކަންކަމުގައި އެންމެ އިސްކޮށް ތިއްބެވި ބޭކަލުންގެ އަރިއަހުންނާއި އެބޭކަލުންގެ ޙަޔާތްޕުޅުން ޢިބްރަތް ޙާޞިލްކުރުމެވެ. ކަންކަން ދަސްކުރުމެވެ.  

ތިރީގައި އެވަނީ އިމާމް މުފްތީ މެންކުގެ ޙަޔާތްޕުޅުން ޢިބްރަތް ޙާޞިލުކުރަންހުރި މުހިންމު ބައެއް ކަމެވެ.  

މުފްތީ މެންކް އޭނާގެ ޙަޔާތުގެ ޞަފްޙާތައް ނިއުޅުއްވައިލައްވަމުން ވިދާޅުވެފައިވެއެވެ.  

"އަހަރެންގެ ބައްޕައަކީ އިމާމެކެވެ. ލިބޭ މަދު ފައިސާކޮޅުން ފުދެނީ ހަމަ ކިރިޔާއެވެ. ދުވަހަކުވެސް ގާލްފްރެންޑް ގުޅުމެއް ނުބާއްވަވަމެވެ. ސިނަމާއަކަށް ނައިޓް ކްލަބަކަށް ނުދަމެވެ. ދުންފަތުގެ އިސްތިޢްމާލް ކުރުން ފަދަ ކަމެއް ވެސް ނުކުރަމެވެ.  

އަހަރެންގެ ބައްޕަ އަހަރެން ބޮޑުކުރީ ވަރަށް ދަތިހާލުގައެވެ. ނަމަވެސް ނަމާދުކުރުމާއި ކީރިތި ޤުރްއާނުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަކީ ޙާފިޛަކީމެވެ. އެއިރުގެ އެންމެ މަޝްހޫރު ޙާފިޛުން ކިޔަވާ ވިދާޅުވާ ރާގުތައް ދަސްކުރީމެވެ. ސްކޫލުގައި ކިޔެވި ދުވަސްވަރު 1،2،3 ނޫން ވަނައެއް ދުވަހަކުވެސް ނުލިބެއެވެ.  

އަހަރެން ހައި ސްކޫލް ފުރިހަމަކުރީ ކްރިސްޓިއަން ކޮލެޖަކުންނެވެ. އިސްލާމީ ތަޢްލީމް ޙާޞިލުކުރީ މަދީނާއިންނެވެ. މިއީ ﷲ ތަޢާލާ އަހަރެންގެ އެ އުމުރުގެ ކަންކަން ތަދްބީރު ކުރެއްވެވި ގޮތެވެ.

އަހަރެން ކުޑައިރު އަހަރަކު ލިބެނީ އެންމެ ހެދުމެކެވެ. އެއީ ޢީދަށެވެ. އަހަރެމެންގެ ޢާއިލާގައި 9 ބެއިން ހިމެނެއެވެ. ބައެއް ކުދިންނަކީ ވިޔަފާރިކުރާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ދީނަށް ގޮވައިލުމުގައި އުޅޭ ކުދިންނެވެ. ޢާއިލާގެ ކަންކަން ރޭވިފައި އޮތް ގޮތުން ވިޔަފާރިކުރާ ކުދިން ދަޢްވާ ފަތުރާ ކުދިންނަށް މާލީ ގޮތުން އެހީތެރިވެއެވެ.  

އަހަރެންނަކީ އެއްވެސް ޤައުމަކުން ނުވަތަ އެއްވެސް ޖަމާޢަތަކުން އެއްވެސް ފައިސާއެއް ލިބޭ މީހެއް ނޫނެވެ. އަހަރެންނަކީ އެއްވެސް ތަނަވަސްކަމެއް ހުރި މީހެއް ވެސް ނޫނެވެ. ލިބޭ އެއްޗެއް ލިބެނީ ޢާއިލާއިންނެވެ.  

ދަޢުވާ ފެތުރުމަކީ ފައިސާ ހޯދަން އުޅުމަށްވުރެ މާ މުހިންމު ކަމެކެވެ. އަހަރެންގެ ޖަމިއްޔާއަށް އެހީތެރިކަމެއް އެދި އެއްވެސް މީހެއްގެ ގާތު ދުވަހަކުވެސް ބުނެފައެއް ނުވާނެއެވެ. ނަމަވެސް މިހާރު ވަރަށް ގިނަ ބައެއްގެ ހިތްހެޔޮކަން ދަނީ ލިބެމުންނެވެ. ނަމަވެސް މިއަދު އެއީ ވަރަށް ބޮޑު ޖަމިއްޔާއެކެވެ. 52 މަދރުސާ، މިސްކިތް އެޅިއްޖެއެވެ. 2000 އަށްވުރެ ގިނަ ދަރިވަރުންނަށް އެބަ ކިޔަވައިދެމެވެ. މިއީ ފަޤީރުކުދިންނެވެ. އެހެންކަމުން އެއްވެސް ފީއެއްވެސް ނުނަގަމެވެ.

 

- މުފްތީ މެންކުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން