ވިހެއުމަށްފަހު 40 ދުވަސްވުމުންވެސް ބައެއް އަންހެނުންނަށް ލޭ ފެންނަގޮތް ދިމާވާތީ އެޙާލަތުގައި އޭނާ ރޯދަހިފަންޖެހޭނެ ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.
ޖަވާބަކީ:
ވިހައިގެން (ވިހެއުމަށްފަހު) 40 ދުވަސް ވުމުން އަންނަ ލެއަކީ އިސްތިޙާލާގެ ލެއެވެ. އެހެންވީމާ ފެންވަރައިގެން ނަމާދުކޮށް ރޯދަ ހިފަން ޖެހޭނެއެވެ. ކޮންމެ ނަމާދަށް ވުޟޫކުރަން ވާނެއެވެ.
- -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް