ކޮންމެ ބަހަކުން ނަމަވެސް ރަނގަޅު މާނަ ދޭހަވާ ނަމަކުން ދަރިންނަށް ނަންކިޔާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޮންމެ ބަހަކުން ނަމަވެސް ރަނގަޅު މާނަ ދޭހަވާ ނަމަކުން ދަރިންނަށް ނަންކިޔާށެވެ!

ދަރިން ލިބުމުން ނަން ކިޔަންޖެހޭނީ ވަކިބަހަކުންތޯ؟ ކިޔަންޖެހޭނީ ހަމައެކަނި ޢަރަބިނަންތޯ؟ މިއީ ތަކުރާރުކޮށް ކިޔުން ތެރިން ކުރައްވާ ސުވާލެކެވެ. އެހެންވެ މިގެނެސްދެނީ ޖަވާބުލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

މިކަމުގައި ވިސްނާލަން ޖެހޭނެ ކަމަކީ މުސްލިމުންނަށް ކިޔައި އުޅޭ ރަނގަޅު ނަމެއް ކިޔުމަށްފަހު ފަހަތަށް ކިޔާ ނަމަކީވެސް ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ހެދުން މުހިންމު ކަމެވެ. މިސާލަމަށް އަޙްމަދު ލަކުޑިބުރި މުޙައްމަދު، މަރްޔަމް ދަޅުފެޅިފުއްލާ ޢަލީ ފަދަ ނަމަކުން ﷲ ތަޢާލާ ޤިޔާމަތް ދުވަހު އެމީހަކާއި މުޚާޠަބްކުރެވޭކަށް އެކަކުވެސް ނުއެދޭނެތީއެވެ.  

ތިރީގައި އެވަނީ މިމައްސަލައިގައި 2 ޝައިޚުން ވިދާޅުވެފައިވާ ބަސްފުޅެވެ. ދެ ޝައިޚުންގެ ބަސްފުޅުންވެސް ސުވާލުގެ ޖަވާބު އެނގިލައްވާނެއެވެ. އިންޝާ ﷲ  

"ދަރިންނަށް ވަކި ބަހަކުން ނަން ކިޔުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ނަންކީ ނަމަވެސް މާނަ ރަނގަޅު ނަމަ މައްސަލައެއް ނެތެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

"ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނާއި މުޚާޠަބް ކުރައްވަވާނީ އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ. މާނައަކީ އެމީހަކަށް ގޮވައިލައްވަވާނީ އެމީހާގެ ބައްޕަގެ ނަން ވެސް ހިމެނޭ ގޮތަށް އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ.  

ދަރިއަކު ލިބުމުން ރަނގަޅު ނަމެއް ކިޔުމާއި ތައުލީމްދީ ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ހެޔޮ ލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދިނުމަކީ ބައްޕައިންގެ މައްޗަށް އޮތް ޙައްޤެކެވެ. މިކަންކަން ޙަދީޘްފުޅުތަކުން ސާބިތުވާނެއެވެ." ޝައިޚް އިބްރާހީމް ފަރީދު  

މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންނަށް ކިޔައި އުޅޭ ރިވެތި، މަތިވެރި ނަންތަކުން ދަރިންނަށް ނަން ކިޔުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ.

 

މިއަދު އޮންލައިން