ރަނާ ރިހިން ފުރިފައިވާ ތިޖޫރީއެއް ހިފައިގެން ﷲ ގެ ޙަޟްރަތަށްދާން ބޭނުންވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރަނާ ރިހިން ފުރިފައިވާ ތިޖޫރީއެއް ހިފައިގެން ﷲ ގެ ޙަޟްރަތަށްދާން ބޭނުންވޭތަ؟

މިޘާލެއް ބުނެލާނަމެވެ. މިހާރަކަށް އައިސް އެކުވެރިޔާގެ ގާތުގަ އެބަ ބުނެއެވެ. "މިވެނި އަންހެނަކަށް ނިކަން ގުޅާބަލަ! އެހެރަ ރީތި އަންހެނާއަށް ނިކަން ބަލައިލަބަލަ! އެއީ އެހާ ބޮޑުފާފައެއް ނޫނެއްނު!"  

މިފަދަ ވަސްވާސްތައް ދޭނަމަ އެމީހަކީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ. ފުރަތަމަވެސް ވިސްނައިލާށެވެ! ގުޅަންޖެހޭ ސަބަބެއް ނެތި ހިލޭ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ގުޅަންވީ ކީއްކުރަން ހެއްޔެވެ؟ ބަލަންވީ ކީއްކުރަން ހެއްޔެވެ؟ މިކައިރިވެވެނީ ޝަހުވާނީ ޢަމަލަކާއި ނޫން ހެއްޔެވެ؟ ވަޙީބަސްފުޅުގައި އޮތީ ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭއާއި ކައިރިވެސް ނުވުމަށެވެ.  

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުރެވޭ ބައެއް ފާފަތަކަކީ ވަރަށް ކުދި ފާފަތަކެއް ކަމަށެވެ. ނަމަވެސް އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ނުދެކޭށެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. އެފާފަ ފުއްސަވައި ނުދެއްވަވައި އޮވެއްޖެނަމަ މީޒާނުގައި ބުރަބޮޑުވެ ނަރަކައަށް ވަންނަން ނުޖެހޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟  

ވީމާ ކިތަންމެ ކުޑަކަމަށް ވިސްނޭ ތައުބާވުމުގައި އެކަމަށް ސަމާލުކަން ދޭންވާނެއެވެ. ރކޮންމެ ދުވަހެއް ނިމިގެންދާއިރު ތިމާ އަކީ ފާފަ ފޮހެވިގެން ނުދިއަ މީހަކު ކަމުގައިވެއްޖެނަމަ މަތިމައްޗަށް ފާފަތައް ދާނީ އިތުރުވަމުންނެވެ. ވީމާ އެކަމުން ސަލާމަތްވެ ކޮންމެ ދުވަހެއް ނިމިގެންދާއިރު ތިމާއަކީ ފާފަ ފޮހެވިފައިވާ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

އެ ގޮތުން ކުރަން ޖެހޭ ދެކަމަކީ ހެޔޮ އަމަލުކުރުން ގިނަ ކުރުމާއި ތައުބާވުން ގިނަކުރުމެވެ. އެއިރުންވާނެ ގޮތް ވެސް ބުނެދީފާނަމެވެ. ތިބާ ގެންގުޅޭ ތިޖޫރީގައި މިހާރު ހުރި ކުނި، ބޭނުން ނުހިފޭ ތަކެތި ދާނީ ދުވަހަށް ސާފުކުރެވެމުންނެވެ. ބޭނުންތެރި ރަނާއި ޖަވާހިރުތައް އެޅި މުޅި ތިޖޫރީ ދާނީ ފުރަމުންނެވެ! ފާފަތަކުން ސަލާމަތްވެ، ހެޔޮ އަމަލުތަކުން ފުރިގެންވާ ތިޖޫރީއެއް ފުރައިގެން ޤިޔާމަތް ދުވަހު ދެވިއްޖެ ނަމަ އެމީހަކަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން