ތިބާގެ ފޯނަކީ ތިބާއަށް ސުވަރުގެ ޙައްޤުވުމަށް މެދުވެރިވި ސަބަބުކަމަށް ނުހަދާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާގެ ފޯނަކީ ތިބާއަށް ސުވަރުގެ ޙައްޤުވުމަށް މެދުވެރިވި ސަބަބުކަމަށް ނުހަދާނަން ހެއްޔެވެ؟

ކޮންމެ މީހަކުވެސް ބުނަނީ އެމީހާ ފޯނު ބޭނުންކުރަނީ މީހުންނާއި ގުޅުން ބާއްވަން ކަމަށެވެ. ވީއިރު އެންމެ ފުރަތަމަ ނުވަތަ އެންމެ ބޮޑަށް ގުޅުން ބާއްވާ ފަރާތަކީ ﷲ ތަޢާލާ އާއިކަމަށް ހަދަމާ ހިނގާށެވެ! އެއީ ތިމާއަށް ސުވަރުގެ ލިބުމަށް އޮތް ފަހި މަގެކެވެ. 

ފޯނަކީ ﷲ ތަޢާލާ އާއި ގުޅުން ބާއްވާ އެއްޗަކަށް ހެދުމަށްވުރެ ފޯނުން ހިފޭނެ ބޮޑު ބޭނުމަކީ ކޮބައިހެއްޔެވެ؟ ވީމާ ފޯނުން ހިފާ އެންމެ ބޮޑު ބޭނުމަކީ ﷲ ތަޢާލާ އާއި ގުޅުން ބޭއްވުންކަމަށް ހަދާށެވެ. އެހެން އެންމެންނަށްވުރެ މުހިންމީ ﷲ ތަޢާލާއެވެ. ބޭނުން ބޮޑީ ﷲ ތަޢާލާގެ އެވެ.  

ﷲ ތަޢާލާއާއި ތިމާއާއި ދެމެދުގަ ގުޅުން އުފައްދަން ފޯނުން ކުރެވިދާނެ ބައެއް ކަންކަން-:  

- ޤުތްއާން ކިޔެވުމާ މާނައާ ތަފްސީރުކިޔުން

- ޛިކުރުތައް ކިޔުން

- ނަމާދުވަޤުތުވެއްޖެކަން ދެނެގަތުމާ ފަތިސްނަމާދަށް ހޭލުން

- ޙަދީޝްފުޅުތަކާ ދީނުގެ ޢިލްމް އުނގެނުން

- ދަރުސްތައް އަޑުއެހުން

- ދީނީ ހޭލުންތެރިކަން އިތުރުވާނެ ލިޔުންތަކާ ވީޑިއޯތައް ޝެއާކޮށް ފެތުރުން

- ޙައްޤުބަސްކަން ޔަޤީންކުރެވޭ ހެޔޮބަސްތައް ތިމާ އަމިއްލައަށްވެސް ފެތުރުން   

މީގެ އިތުރުންވެސް މިޒަމާނުގައި މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. މިފަދަ ކޮންމެ ކަމަކީ އެކަމަކުން ތިމާއަށް ޘަވާބު ދެއްވަވާނެ ކަމެކެވެ. ބައެއް ކަންކަމަކީ މަސައްކަތުގައި އަވަދިނެތި އުޅެމުންވެސް ކުރެވިދާނެ ކަންކަމެވެ. ވީމާ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުގެ ބަދަލުގައި ތިމާއަށް ސުވަރުގެ ދެއްވަވާނެ ޢަމަލުތައް ފޯނުންކުރަމާ ހިނގާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން