ކީރިތި ޤުރްއާނާއިމެދު ފާފަކުރެވުމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކީރިތި ޤުރްއާނާއިމެދު ފާފަކުރެވުމަކީ ކޮބާ؟

ކީރިތި ޤުރްއާނާއިމެދު ވިސްނަން އެބަޖެހެއެވެ. އެއީ މުސްލިމުންގެ ދުސްތީރުކަމަސްވީތީއެވެ. ޤިޔާމަތްދުވަހު ސަލާމަތްކަން ލިބެން އޮތީ ޤުރްއާނާއިމެދު ވިސްނައި ޢަމަލުކުރެވުނު ވަރަކުންނެވެ.  

ކީރިތި ޤުރްއާނާއިމެދު ފާފަނުކުރަން ޢިލްމްވެރިއަކު ދަރިވަރުންނަށް އިލްތިމާކުރެއްވުމުން އެއީ ކިހިނަކުން ކުރެވޭ ކަމެއްތޯ ދަރިވަރަކު ސުވާލުކުރިއެވެ. ޢިލްމްވެރިޔާ ވިދާޅުވީ ޤުރްއާން ނުކިޔެވުމާއި މާނަ ނުކިޔުމާއި ނުވިސްނުމާއި ޢަމަލުނުކުރުމާއި މިފަދަ ހުރިހާ ކަންކަމަކީވެސް ޤުރްޢާނާއިމެދު ކުރެވޭ ފާފަތައް ކަމަށެވެ.  

އެފާފަތަކުން ސަލާމަތްވެވޭނީ ތިމާ ޤުރްއާނާއިއެކުވެގެން ކަމަށެވެ. ޤުރްއާނާއިއެކުގައިވުމަކީ، ކިޔެވުމާއި މާނަކިޔުމާއި ވިސްނުމާއި ޢަމަލުކުރުމާއި މިފަދަ ހުރިހާ ކަމެއް ކުރުން ކަމަށެވެ.  

މިއީ ކޮންމެ މުސްލިމަކަށްވެސް ވަރަށް އަގުހުރި ނަޞީޙަތުގެ ބަސްކޮޅެކެވެ. ޤުރްއާނާއިއެކު ޘާބިތުވެ ހުރެއްޖެ މީހަކު މަގުފުރެއްދޭނެ މީހަކު ނުހުންނާނެއެވެ. އެފަދަ މީހަކާއި ޝައިޠޯނާއަށވެސް ކައިރިއެއް ނުވެވޭނެއެވެ. އެހެނީ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާ ބަލާނީ ޤުރްއާނަށެވެ. ޢަމަލުކުރާނީވެސް ޤުރްއާނަށެވެ. ސުންނަތަށް ޢަމަލުކުރުމަށްވެސް ޤުރްއާނުގައި އެބައޮތެވެ. ވީމާ ޤުރްއާނަށް ޢަމަލުކުރާމީހާ ސުންނަތަށްވެސް ޢަމަލުކުރާނެއެވެ.  

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކީރިތި ޤްރުއާނާއިމެދު އަޅަމެން ފާފަކުރުމުގެ ކުށަށް ޢަފޫ ކުރައްވަވާނދޭވެ!" އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން