ޢިބްރަތްތެރި ވާހަކަ: އެކަނި ގެންގުޅެ ބޮޑުކޮށް ވިޔަފާރި ފަށައިދިނީމާ މަންމަ ނިކަމެތިކޮށްލި ދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢިބްރަތްތެރި ވާހަކަ: އެކަނި ގެންގުޅެ ބޮޑުކޮށް ވިޔަފާރި ފަށައިދިނީމާ މަންމަ ނިކަމެތިކޮށްލި ދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

ދަރިފުޅަށް އެންމެ 6 އަހަރުގަ ވަރިކޮށްލާފައި ދިއައިރު މަންމަގެ ޢުމުރަކީ 35 އަހަރެވެ. ދެވަނަ ކައިވެންޏެއް ނުކުރެއެވެ. ހުރިހާ ސަމާލުކަމެއް ދިނީ ދަރިފުޅަށެވެ. ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ކިޔަވައިދިނުމަށެވެ.  

ދަރިފުޅު ކިޔަވައި ނިމުމުން ބުނީ ވަޒީފާ އަދާކުރާނެ ކަމެއް ނެތްކަމަށާއި މަންމަ އެހެރީ ގޭގައި ފިހާރައެއް އަޅާފައިކަމަށެވެ. ވިޔަފާރި ފެށޭނެ ވަރަށް ފައިސާވެސް ދޭނެ ކަމަށެވެ. މަންމަވެސް މަސައްކަތުގައި އެހީތެރިވާނެ ކަމަށެވެ.  

ދަރިފުޅު މަނަމަގެ ބަސް ޤަބޫލުކޮށް ވިޔަފާރިފެށިއެވެ. ވިޔަފާރި ކުރިއަރައި ތަނަވަސް މީހަކަށް ވެވުމުން މަންމަ ކަމަކު ނުދިއައެވެ. މަންމައަށް ވިސްނައިދިނީ ބޮޑުދައިތަގެ ގާތުގައި އިނުމުން މާރަނގަޅުވާނެ ކަމަށެވެ. ހުރިހާ ކަމެއް ކޮށްދީ ޙާލުބަލާނެ ކަމަށެވެ. މަންމަ އެކަންވެސް ޤަބޫލުކުރިއެވެ. ނަމަވެސް ދަރިފުޅު އޭނާވީ ވަޢުދު ހަނދާން ނައްތައިލިއެވެ. މަހަކު އެއްފަހަރުވެސް މަންމަ ދެކެލާކަށް ނުދެއެވެ. މަންމައަށް އުޅެންޖެހުނީ މަންމަގެ އެކައުންޓުގައި ހުރި ފައިސާކޮޅު ބޭނުންކޮށްގެންނެވެ. 

ގިނަ ދުވަސްތަކެއް ނުވެއެވެ. އަހަރުވީއިރު ވިޔަފާރީގެ ކުރިއެރުން ހުއްޓިއްޖެއެވެ. ދެއަހަރުވީއިރު ދަރަނިވެރިވެއްޖެއެވެ. މަންމަގެ އަގު ވަޒަންކުރެވެން ފަށައިފިއެވެ. އެންމެ ފަހުން ބަލައިގޮސް މަންމަ ގެއަށް ގެނެސް މާފަށް އެދުނެވެ. އޭނާގެ ގާތުގައި އިނދެދިނުމަށް އެދުމުން އެކަންވެސް ޤަބޫލުކުރިއެވެ. މަންމަ ބުންޏެވެ. "މަންމަ އަބަދުވެސް ދަރިފުޅަށްޓަކައި ހެޔޮދުޢާކުރަމެވެ. މިހާރުވެސް ކުރަމެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ދެރަގޮތެއް ނުވާނެއެވެ."  

މަންމަ އަނބުރައި ގެއަށް ގެނައިތާ އަހަރުޥީއިރު ވަނީ ދަރަނިތަކުން ސަލާމަތްވެވިފައެވެ. ތަނަވަސްކަން އިތުރުވެފައެވެ.  

މިކިޔައިދިނީ އަޅުގަނދާ ދެބެއިންގެ ދެދަރި ބޭބެއަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ހެޔޮލަފާ މައިން ދެރަކޮށް ހިތުގަ ޖައްސުވާފައި އުފަލުގައި އުޅެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އެމީހަކަށް ކުރިމަތިވާނެ މުޞީބާތްތައް މާބޮޑުވާނެއެވެ.

 

- އީނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން