ދެއްކުންތެރިކަމާއެކު އަޅުކަންކުރުން ފެތިގެންދާނީ ޝަރީކުކުރުމުގެ ތެރެއަށް! އެއީ އޮތް އެންމެ ބޮޑު ނުރައްކަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދެއްކުންތެރިކަމާއެކު އަޅުކަންކުރުން ފެތިގެންދާނީ ޝަރީކުކުރުމުގެ ތެރެއަށް! އެއީ އޮތް އެންމެ ބޮޑު ނުރައްކަލެއް!

ޝަރީކުކުރުމަކީ ހަމައެކަނި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރުމެއް ނޫނެވެ. އެއީ ޝިރުކުކުރުމުގެ އެންމެ މަތީ ދަރަޖައެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރަމުންވެސް ޝިކުރުކުކުރުމުގެ ޢަމަލުތައް އެބަކުރެވެއެވެ.  

الله تعالی ގެ ޙުކުމަކީ ކޮބައިކަމާއި އަދި އެ ޙުކުމުގައި ޝަރީކް ކުރުމަކީ ކޮބައިކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. ނޫންނަމަ ކުރާ އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ތަނުގައި ޝަރީކުކުރުމުގެ ފާފަވެސް ބޮލުގައި އަޅަންޖެހުން އޮންނާނީ ދާދިގާތުގައެވެ.  

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ﷲ ގެ ޙުކުމަކީ އެއީ الله سبحانه وتعالى ވަކިގޮތަކަށް ކަނޑައަޅުއްވާ އަންގަވާފައިވާ ކަންތައްތަކެވެ. ﷲ ޤްރުއާނުގައި ނުވަތަ އެކަލާންގެ ރަސޫލާ صَلّى الله عَلَىهِ وَسَلّمْ މެދުވެރިކުރައްވާ އަންގަވާފައިވާ ކަންތައްތަކެވެ. 

ޝަރީކް ކުރުމަކީ އެއީ އެކަމެއްކުރުމުގައި ﷲ އާއެކުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ.  

މިސާލަކަށް އަޅުގަނޑުމެން ނަމާދު ކުރަންޖެހެނީ ހަމައެކަނި ﷲ އަށްޓަކައެވެ. ނަމާދުކުރާއިރުގައި އެހެންމީހަކަށް ދެއްކުންތެރިކަން އެކަމުގައި ބައިވެރި ވެއްޖެކަމަށް ވަނީނަމަ އޭގެ މާނައަކީ އޭނާ ﷲ ގެ حضرة ން ދަރުމައާ ސަވާބަށް އެދުމާ އެކީގައި އަދި އެހެންމީހެއްގެ ރީތިނަން ހޯދަންވެސް އޭނާއަށް އެކަމުގައި ބޭނުންވުމެވެ.  

އެހެންވވެއްޖެނަމަ އެވަނީ ﷲ އާއެކު އެހެންފަރާތެއް ބައިވެރި ކުރެވިފައެވެ. އެއަށް މިކިޔަނީ ޝަރީކްކުރުމެވެ. އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކީގައެވެ. މާނައަކީ ހަމައެކަނި ﷲ ގެ حضرة ން ދަރުމަ އާއި ސަވާބަށް އެދިގެން އެކަމުގައި އެއްވެސް ޙާލެއްގައި އެހެންމީހެއްގެ ފަރާތުން ލިބިދާނެ ރީތި ނަމަކަށް މީހަކު ބުނެފާނެ ހެޔޮބަހަކަށް ބަލައިގެންނެއްނޫނެވެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ހިތާމައަކީ މިކަންކަން ނުއެނގިތިބެ ނަމަވެސް ކުރެވޭކަމެވެ. މިސްކިތްތަކުން އެކަން ފާހަގަކުރެވޭ ކަމެވެ. މިޘާލަކަށް އަނެކާ ސަޖިދަ ދިގުކުރާތީ އެކަން އެގޮތަށް ކުރަން ބޭނުންވާ ބައަކު އުޅެއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ސަޖިދަ ދިގުކުރުންވެސް އަދި އެހެން ޙަރަކާތެއްވެސް ކުރަންވާނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން