ބައެއް ޤަމުތަކުގައި ޢަރަބި ކިޔަން ނުއެނގޭ މީހުން ވަރަށްގިނައެވެ. އަލިފުބާގެ އެންމެ އަކުރެއް ކިޔަން ނުއެނގުނު ނަމަވެސް ކީރިތި ޤްރްއާން ނުކިޔަވަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިއަދަކު ނެތެވެ. ތަޖްވީދު ނުއެނގުމަކީ ނުބައިކޮށް ކިޔަވަން ދެއްކެން އޮތް ބަހަނާއެއްވެސް ނޫނެވެ.
ތިބާގެ ފޯނުގައި ސޯޝަލްމީޑިއާގެ ތަފާތު ޕްރޮގްރާމްތަކާއި އެހެން ވެސް ޕްރޮގްރާމްތައް އެބަހުރެއެވެ. އެ ޕްރޮގްރާމްތައް ބޭނުންކުރަން ނުއެނގޭނަމަ އެމީހަކީ މީހަކަށްވެސް މިހާރަކު ނުވެއެވެ. ވީއިރު ކީރިތި ޕްރޮގްރާމްތައް އަޅައި ބޭނުން ކުރަން ދަސްނުކުރީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ ތިބާއަކީ އެއްވެސް މީހަކަށް އެބަވޭ ހެއްޔެވެ؟
އެމީހަކަށް ބޭނުންކުރަން ފަސޭހަ ޕްރޮގްރާމެއް އަޅާށެވެ. އަހަރެންނަށް އެންމެ ފަސޭހައީ "ޞަޙީޙް އިންޓަރނޭޝަނަލް"އެވެ. އެމީހަކީ ޚަޠިމް ބަލައިގެން ކިޔަވަން ނުއެނގޭ މީހަކު ނަމަ ކޮންމެ ޕްރޮގްރާމަކުން ނަމަވެސް އެމީހަކު ބޭނުން ޤާރީއެއް އިޚްތިޔާރުކުރާށެވެ. އަދި އޭނާގެ އަޑުދަށުން ކިޔަވާށެވެ. އެއިރުން ދާނީ ހަމަ ތަޖްވީދު މަގުން ކިޔެވެމުންނެވެ.
- -މުފްތީ މެންކުގެ ދަރުސަކުން
އަޅުގަނޑުމެން ވިސްނާލަން އޮތީ ދިވެހިންނަށެވެ. ޤުރްއާނުގެ ދެލިގަނޑު ކިޔަން ނުއެނގޭ މީހަކު ވަރަށް މަދުވާނެއެވެ. އެކަމަކު އެބަ ކިޔަވަމުހެއްޔެވެ؟ ދުވާލަކު އެންމެ ފޮތެއް ކިޔެވޭ ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ ދުވާލަކު އެންމެ 5 ޞަފްޙާ ކިޔަވާ މީހަކަށްވެސް އަހަރަކު ފަސޭހަކަމާއިއެކު 3 ޚަތިމް ކުރެވޭނެއެވެ. 5 ޞަފްޙާ ކިޔަވަން ހޭދަކުރަން ޖެހޭނީ 15 ވަރަކަށް މިނިޓް އިރެވެ. އެވަރުގެ ވަޤުތުކޮޅެއް ޤުރްއާނަށް ނުދޭމީހާ އާއިމެދު ބުނެވޭނެ އެއްޗެއް ނެތެވެ.
- މިއަދުނޫސް