އަނބިމީހާއަށް އަޑުއިއްވައި އެހެން އަންހެނުންގެ ސިފައާ ބުރުސޫރަ ރީތިކަމަށްބުނެ ތަޢްރީފް ކުރުމަކީ މުސްލިމް ފިރިންނަށް ޙަރާމް ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނބިމީހާއަށް އަޑުއިއްވައި އެހެން އަންހެނުންގެ ސިފައާ ބުރުސޫރަ ރީތިކަމަށްބުނެ ތަޢްރީފް ކުރުމަކީ މުސްލިމް ފިރިންނަށް ޙަރާމް ކަމެއް!: މުފްތީ މެންކް

އަނބިމީހާއަށް އަޑުއިއްވައި އެހެން އަންހެނުންގެ ސިފައާ ބުރުސޫރަ ރީތިކަމަށްބުނެ ތަޢްރީފް ކުރުމަކީ މުސްލިމް ފިރިންނަށް ޙަރާމް ކަމެކެވެ. މިބަސް އަހުރެން ތަކުރާރުވެސް ކޮށްލާނަމެވެ. އެއީ އަނބިމީހާއަށް އަސަރުކުރާނެ އަދި ހިތުގައި ޖެހޭނެ ކަމަށްވާތީ އެކަން އޮތްގޮތް ބަޔާންކުރުމަށެވެ.  

އަނބިމީހާގެ ހިތުގައި ޖެއްސުވުމުގެ ޙައްޤު އެއްވެސް ފިރިއަކަށް ލިބިނެއް ނުވެއެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެއްސުވުމުގެ ޙައްޤު ހަމަ އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. އަނބިމީހާއަށްވެސް އަދި ފިރިމީހާއަށްވެސް އޮތީ ބައިވެރިޔާގެ ހިތުގަ ނުޖައްސުވައި އެކުގައި އުޅުމެވެ.  

ވިހެއުމުން ބައެއް އަންހެނުންގެ ސިފައަށް ބަދަލު އައުދެއެވެ. ވިސްނާލަންވީ އޭނާއަށް އެބަދަލު އައި ސަބަބަށެވެ. އޭނާ ވިހެއީ ތިބާގެ ދަރިއެކެވެ. އެހެންކަމަށްވާއިރު ވިހެއުމާއި ގުޅިގެން ކުރިމަތިވާ ހުރިހާ ކަންކަމުގެ ޒިންމާ އުފުލަން ތިބާއަށް ނުޖެހެންވީ ކީއްވެގެން ހެއްޔެވެ؟  

އެގޮތަށް އަންނަ ބަދަލު ފަރުވާކުރުމުން ރަނގަޅުވެއެވެ. ކަސްރަތުކުރުމުންވެސް ބަދަލުވެއެވެ. ވީމާ އަނބިމީހާއަށް ހިތްވަރުދޭށެވެ! އެހީތެރިވެދޭށެވެ. އޭނާގެ ހަށިގަނޑަށް ބޭނުންވާ ފަރުވާ ލިބިގަންނަން މަގުމަފަހިކޮށްދީ ވަޤުތުވެސް ހޯދައިދޭށެވެ.  

އެކަންކަމުންވެސް ކުރިން ހުރި ސިފައަށް ބަދަލުނުވާ އަންހެނުންވެސް ތިބޭނެއެވެ. އެއީ ސަބަބަކަށް ހަދައި ވަރިކުރަން ހެޔޮނުވާނެއެވެ. އެގޮތަށް ވަރިކުރަން ވެއްޖެނަމަ ވިހާއިރަށް އަބަދު ޖެހޭނީ ވަރިކުރަން ނޫންހެއްޔެވެ؟ މިއީ އަހުރެމެން ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ.

މިއަދު އޮންލައިން