ހެޔޮ އަމަލު ކުރުން މަތީގަ ދެމިހުންނަ މީހާ ނިމިދާނީ ހެޔޮ ގޮތުގަ! ހެޔޮ ގޮތުގަ ނިމިދާ މީހާ މަޙްޝަރުކުރައްވަވާނީ ހެޔޮ ގޮތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހެޔޮ އަމަލު ކުރުން މަތީގަ ދެމިހުންނަ މީހާ
ނިމިދާނީ ހެޔޮ ގޮތުގަ! ހެޔޮ ގޮތުގަ ނިމިދާ މީހާ މަޙްޝަރުކުރައްވަވާނީ ހެޔޮ ގޮތުގަ!

ﷲ ތަޢާލާގެ ޙަޟްރަތުން ހެޔޮ ނިޢްމަތަށް އެދިގެން

މަސައްކަތްކުރާމީހާ މަސައްކަތްކުރަންވާނީ ވަކި ދުވަސްތަކެއްގައެއް ނޫނެވެ. އަބަދުވެސް ދެމިހުންނަން ޖެހޭނީ ހެޔޮ ޢަމަލުތައް ކުރުންމަތީގައެވެ. ހެޔޮ އަމަލު ކުރުން މަތީގައި ދެމިހުންނަ މީހާ ނިމިދާނީ ހެޔޮ ގޮތުގައެވެ. ހެޔޮ ގޮތުގައި ނިމިދާ މީހާ މަޙްޝަރުކުރައްވަވާނީ ހެޔޮ ގޮތުގައެވެ. ވީމާ ހެޔޮ އަމަލުތައް ކުރުމަކީ ހަމައެކަނި ރަމަޟާން މަހު ކުރާ ކަމަކަށް ނުހަދާށެވެ. އަބަދުވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނާށެވެ!

ﷲ ތައާލާގެ ރަޙްމަތަށް އެދިގެން މަސައްކަތްކުރާމީހާ އެ މަސައްކަތްކުރާނީ ހަމައެކަނި ވަކި ދުވަސތަކެއްގައެއް ނޫނެވެ. ވަކި ދުވަސްތަކެއް އައުމުން މަސައްކަތްކުރާނަމަ އެމީހާ ވާނީ ބައަކު ކަމެއް ކުރާތީ އެކަމުގައި ބައިވެރިވުމުގެ ގޮތުންނާއި އާދަކާދައެއްގެ ގޮތުން މަސައްކަތް ކުރާ މީހަކަށެވެ. ވީމާ މުސްލިމުންނަކީ އަބަދުވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ތިބޭ ބައަކަށްވާން ޖެހޭނެއެވެ.  

ރަމަޟާން މަސް ދިއުމުން ރޭ އަޅުކަން ކުރުމާއި ކީރިތި ޤްރްއާން ކިޔެވުން ފަދަ ކަންކަން ރަމަޟާން މަހު ކުރިވަރަށް ނުކުރެވިދާނެއެވެ. ނަމަވެސް އެފަދަ އަމަލުތައް ކުރުން ދޫކޮށްލައިގެން ނުވާނެއެވެ. ކީރިތި ޤްރުއާން ކިޔެވުމަކީ ހަމައެކަނި ރަމަޟާން މަހު ކުރާ ކަމަކަށް ހަދައި ރަމަޟާން މަސް ނިމުމުން ޚަޠިމް ހުޅުވައިނުލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ރަމަޟާން މަހު ކިޔެވި ވަރަށް ނުކިޔެވުނު ނަމަވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ކިޔަވަންވާނެއެވެ.  

ހެޔޮ އަމަލުކުރުމަކީ ހަމައެކަނި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ޙައްޖުވުން ފަދަ ބޮޑެތި ހެޔޮ އަމަލުތައް ކުރުމެއް ނޫނެވެ. ކުދިއަމަލުތައްވެސް ކުރުމެވެ. އެންމެ ކުޑަމިނުން ހިނިތުންވެލުމަކީވެސް ޞަދަގާތެކެވެ.  

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގެ ދަރުސަކުން

 

މިއަދު އޮންލައިން