ރަމަޟާން މަހު ކުރި ދުޢާތަކަށް ރައްކައުތެރިވުންމަތީގައި ހުރެއްޖެ މީހަކަށް އޮތީ ކާމިޔާބީ! ވިސްނަންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ރަމަޟާން މަހު ކުރި ދުޢާތަކަށް
ރައްކައުތެރިވުންމަތީގައި ހުރެއްޖެ މީހަކަށް އޮތީ ކާމިޔާބީ! ވިސްނަންވީ ކަންކަން!

 

މިދިއަ ރަމަޟާންމަހު އަޅުގަނޑުގެ އެކުވެރިއަކު ވަރަށް ގިނަ ދުޢާތައް ކުރިއެވެ. ބައެއް ކަންކަން މިހާރުވެސް ހިންމްވައިދެއްވަވައިފިއެވެ. އެކަމަކު އޭނާ ގެންގުޅެނީ ޙާޞިލު ނުކުރެވިހުރި ކަންކަމުގެ ލިސްޓެވެ. ޝަކުވާކުރުން ހުއްޓައެއް ނުލައެވެ. އެފަދަ މީހަކަށް ދޭނެ ނަޞީޙަތެއް ބޭނުމެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ ބައެއް މީހުންނަށް ޢަމަލުކުރެވޭ ގޮތެވެ. ދުޢާކުރި މިވެނި ކަމެއް ޙާޞިލުނުވިކަމަށްބުނެ ނުބައި މަގުންވެސް ހިނގަން ފަށައެވެ. ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން އުޅުމަކީ ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ސަބަބެކެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

ރަމަޟާން މަހު އިޚްލާޞްތެރިކަމާއިއެކު ރޯދަހިފި އަޅުން ވަނީ ކާމިޔާބީ ޙާޞިލުކޮށްފައެވެ. އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. އެހެނީ ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރެވެ. އެމީހަކު މަސައްކަތްކުރިވަރަކަށް އެމީހަކަށް ކުރިއެރުން ދެއްވަވާނެތެވެ. އިން ޝާ ﷲ  

ރަމަޟާން މަހަކީ ރޯދަހިފައި، އެހެން އަޅުކަންތައްވެސް ކުރުން ގިނަކުރުމާއިއެކު ވަރަށް ގިނަ ދުޢާތައް ކުރެވޭ މަހެކެވެ. އެހެންކަމުން ކުރި ހުރިހާ ދުޢާތަކެއް މަސްނިމޭއިރަށް ޢިޖާބަ ނުކުރައްވަވައިފިނަމަ ކަންބޮޑުވާ ބައަކު އުޅެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކަންބޮޑުވެގެން އުޅެން އަދިމާއަވަހެވެ.   

ތިބާ އިޚްލާޞްތެރިކަމާއިއެކު މިއަހަރުގެ ރަމަޟާން މަހު ރޯދަ ހިފިން ހެއްޔެވެ؟ ރަމަޟާން މަހު ކުރަންޖެހޭ އެހެނިހެން އަޅުކަން ކުރިނެހެއްޔެވެ؟ ފަހު ދިހަ ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތްކުރިން ހެއްޔެވެ؟ އެކަންކަން އެނގޭނީ ހަމަ ތިބާއަށެވެ! ދެން އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

އެހެންކަމަށްވާނަމަ ރަމަޟާން މަހު ތިބާ ކުރި ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ އިޖާބަ ކުރެއްވެވި ކަމުގެ ޔަޤީންކަމާއިއެކު ހުންނާށެވެ! ރޯދަވެރިން ކުރާ ދުޢާ ﷲ ތާޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ﷲ ތައާލާގެ ޙަޟްރަތުން އެދުނު ބައެއް ކަންކަން އިޖާބްކޮށްދެއްވެވިކަން ތިބާއަށް އެނގުން  ފަހަރެއްގައި ތިބާ އުންމީދުކުރާ ވަރަށް ވުރެ ލަސްވެދާނެއެވެ. އެހެނީ އެކަން ތިބާއަށް އެނގޭނީ ތިބާއަށް އެންމެ ފައިދާ ހުރި ވަގުތުގައެވެ. އެ ވަގުތު ތިބާއަށްވުރެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.

ރަމަޟާން މަހަށް ފަހު އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! ކަންނެތް ނުވާށެވެ! ރަމަޟާން މަސް ނިމެންދެން ދުނިޔޭގައި ލަހައްޓަވައި ދެއްވަވައި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

--އސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން