މީސްތަކުންނަށް އުފާވެރިކަމާ ރައްކައުތެރިކަން ލިބެން އޮތީ ދީނުގެ ޙުކުމްތައް އޮތްގޮތަށް ބަލައިގަނެގެން! ދެރަ ލިބެމުން މިދަނީ ބަލައިނުގަނެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މީސްތަކުންނަށް އުފާވެރިކަމާ ރައްކައުތެރިކަން ލިބެން އޮތީ ދީނުގެ ޙުކުމްތައް އޮތްގޮތަށް ބަލައިގަނެގެން! ދެރަ ލިބެމުން މިދަނީ ބަލައިނުގަނެވޭތީ!

އިސްލާމްދީން ކުރިއަރައިދާތަން ފެނުމުން ކަންބޮޑުވާ ބައަކު އަބަދުވެސް އުޅެއެވެ. އެހެންވެ އެމީހުން އަބަދުވެސް އިސްލާމްދީނާއިމެދު ތަފާތު ދޮގުތައް ފަތުރާނެއެވެ. ޝައްކު އުފައްދުވަން މަސައްކަތްކުރާނެއެވެ. މުސްލިމުންނަށް އޮތީ ހޭލުންތެރިވެތިބެ ޢަޤީދާ ވަރުގަދަކުރަން މަސައްކަތްކުރުމެވެ.  

"އިސްލާމް ދީނުގެ ހުރިހާ ޙުކުމަކީ ވެސް ރަހުމާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެގެންވާ މެދުމިން ޙުކުމްތަކެވެ. އެހެންކަމުން ތިމާމެންގެ ސެކިޔުލާރ ލާދީނީ ވިސްނުން މީސްތްކުންގެ ބޮލަށް ވެއްދުމަށް ތިމާމެން ބޭނުންވަނީ ދީނުގެ މެދުމިނޭ ބުނާ މީހުންނަށް ބުނެލަންއޮތީ، ދަންނައެ، 

މެދުމިން ދީން ކުރަން ނުއުޅޭށެވެ! ދީނުގެ ކަންކަން ނުއެނގިހުރެ ދީނުގެ ވާހަކަ ނުދައްކާށެވެ! އަދި މިދީނުގެ ދުޝްމިނުން މިދީނަށް ގެންނަން އުޅޭ އުނި އިތުރުން މިދީން ދިފާޢުކުރާނެ ފަހުލަވާނުން ހުރިހާ މަކާނަކާއި ޒަމާނެއްގައި ﷲ ތަޢާލާ ލައްވަވާނެއެވެ!" 

އިސްލާމް ދީނުގައި ހުރި ޙުކުމްތަކާއިމެދު ބައެއް މީހުން ކަންބޮޑުވެއެވެ. އެއީ މާހަރުކަށި ކަންކަން ކަމަށް ބުނެއެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ދެކޮޅުޖެހޭ ވާހަކަތަކެއް ނޫނެވެ. އެކަމުގެ ހެއްކަކީ ޝަރީޢަތް ކުރުމަކާ ނުލައި އަންނަ ރުޅީގަ ބަޑިޖަހާ ނުވަތަ އެނޫންވެސް ގޮތަކުން މީހުން މެރުމުން އެމީހުން ކަންބޮޑެއް ނުވެއެވެ. ނަމަވެސް އިސްލާމް ދީނުގައިވާމަގުން ޤިޞާޞް ހިފައި މަރަންޖެހޭ މީހުން މެރުމުން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެވަނީ ކިހިނަކުން ހެއްޔެވެ؟  

ﷲ ތަޢާލާއީ "ރަޙްމާންވަންތަ، ރަޙީމްވަންތަ" ރަސްކަލާނގެއެވެ. މީސްތަކުންނަށް އޯގާތެރިވެވޮޑިގަތުމުގަ އެންމެ މަތިވެރިވަންތަ ރަސްކަލާނގެއެވެ. ވީއިރު ﷲ ތަޢާލާ އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިވެޑިގަންނަވާނެކަމަށް ޤަބޫލުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.  

ﷲ ތަޢާލާ ބާވައިލެއްވެވި ކޮންމެ ޙުކުމްފުޅެއްވެސް ބާވައިލައްވަވާފައިވަނީ މީސްތަކުންނަށް ރަޙްމަތެއް ކަމުގައެވެ. މީސްތަކުންގެ ސަލާމަތާއި އުފާވެރިކަމަށްޓަކައެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކަށްވުރެ ރަނގަޅު ނުވަތަ ފައިދާކުރާނެ ޙުކުމެއް ﷲ ތަޢާލާ އުފެއްދެވި އިންސާނުންނަށް ނެރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން