ގިނަ ބައަކަށް އުޅެވެނީ ވަޤުތުނެތިގެންނެވެ.
ކޮންމެވެސް ކަމެއް ނުކުރެވިގެންނެވެ. ކޮންމެވެސް ތަނަކަށް ނުދެވިގެންނެވެ. އެހެންވެ ނަމާދުކުރާއިރުވެސް އަވަސްއަރުވާލައިގެން ނަމާދުކުރާ ބައަކު އުޅެއެވެ. އެމީހުން ޖަމާޢަތުނަމާދުކުރާއިރުވެސް އިމާމަށްވުރެ ކުރިން ޙަރަކާތްކުރެއެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ ތިމާ ކިތަންމެ އަވަސްކުރިޔަސް ނަމާދުން އަވަދިވާނީ އިމާމް ސަލާމްދިނުމުން ކަމެކެވެ. އެހެންވެ އެދެނީ މިޙަދީޘްފުޅަށް ވިސްނައިލުމަށެވެ.
( أَمَا يَخْشَى أَحَدُكُمْ – أَوْ لاَ يَخْشَى أَحَدُكُمْ – إِذَا رَفَعَ رَأْسَهُ قَبْلَ الإِمَامِ ، أَنْ يَجْعَلَ اللهُ رَأْسَهُ رَأْسَ حِمَارٍ، أَوْ يَجْعَلَ اللهُ صُورَتَهُ صُورَةَ حِمَارٍ ) رواه البخاري (691) ، ومسلم (427) ،
މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު އިމާމަށް ވުރެ ކުރިން އޭނާގެ ބޯ އުފުލުމުން ﷲ އޭނާގެ ބޯ ޙިމާރެއްގެ ބޮލަށް ބަދަލުކުރައްވަފާނެ ކަމަށް ނުވަތަ އޭނާގެ ސިފަ ޙިމާރެއްގެ ސިފައަށް ބަދަލުކުރައްވަފާނެ ކަމަށް އޭނާ ބިރު ނުގަންނަނީ ހެއްޔެވެ؟"
--ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
ޝަރަޙަ އަޑުއައްސަވާލައްވަން: