ޢާއިޝަތު ރަފާޙް ޢަލީ
ފަރުޟު ނަމާދުގެ ސަޖިދައިގައި "سُبْحَانَ رَبِّيَ الْأَعْلَى" ކިޔުމަށްފަހު، "اللَّهُمَّ عَافِنِي فِي بَدَنِي" ނުވަތަ "رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا" ފަދަ އެއްވެސް ދުޢާއެއް ކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟ ޖަޒާކަﷲ ޚައިރް.
ޖަވާބު:
މި ސުވާލު އުފެދެންޖެހުނު މައިގަނޑު ސަބަބަކީ، ބައެއް ޢިލްމުވެރިން، ފަރުޟު ނަމާދުގައި ދުޢާކޮށްގެން ނުވާނެއޭ ބުނާ ބުނުމުންނެވެ. ސުބުޙާނަﷲ! މި ޙުކުމް ނެރުނީ ކޮން ތަނަކުން ހެއްޔެވެ؟ އެމީހުން ބުނީތީ އެކަން އެގޮތަށް ޤަބޫލުކުރަންވީ ހެއްޔެވެ؟ ތިމަންނާގެ ވެރިރަސްކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ ހިނދު، އެކަލާނގެ ޙަޟްރަތުގައި ދުޢާކުރުން ތިޔަބައިމީހުން ތި މަނާކުރަނީ ކޮން އުޞޫލަކުން ހެއްޔެވެ؟ އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟
ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޞަޙީޙު ޙަދީޘެއްގައި ޙަދީޘްކުރައްވާފައިވެއެވެ:
"އަޅާ، އެކަލާނގެ ވެރިރަސްކަލާނގެއާ އެންމެ ބޮޑަށް ކުއްތަންވެ (ކައިރިވެ) ވޮޑިގެންވަނީ އެއަޅާ ސަޖިދައިގައި ވަނިކޮށެވެ."
އަދިވެސް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ:
"ވީމާ، (ސަޖިދައިގައިވާ ހިނދު) ތިޔަބައިމީހުން އެދޭ ކޮންމެ ކަމަކަށް އެދި ގިނަގިނައިން ދުޢާކުރާށެވެ. އެއީ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވުން އެންމެ ގާތްވެގެންވާ ވަޤުތެވެ."
އެކަލޭގެފާނު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފަރުޟު ނަމާދާއި ސުންނަތް ނަމާދާ ދެމެދު ވަކި ތަފާތެއް ނުކުރައްވައެވެ. އަދި އެއީ އެކަނި ސުންނަތް ނަމާދަށް ޚާއްޞަ ކަމެއް ކަމަކަށްވެސް ޙަދީޘްފުޅެއް ނުކުރައްވައެވެ. ވީމާ، ދުނިޔެވީ ކަމަކަށް ވިޔަސް ނުވަތަ އާޚިރަތުގެ ކަމަކަށް ވިޔަސް، ދަރަނި ޚަލާޞްކޮށްދެއްވުމަށް އެދި ނުވަތަ ދަރިންގެ ކަންކަން، ކައިވެނީގެ ކަންކަން ފަސޭހަކޮށްދެއްވުމަށް އެދި، ނުވަތަ ފާފަފުއްސެވުމާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުމަށް އެދިވެސް ސަޖިދައިގައި ބޭނުންވަރަކަށް ދުޢާކުރެވިދާނެއެވެ.
ދެން އުފެދޭ ސުވާލަކީ: ސަޖިދައިގައި ނުވަތަ ސަލާމްދިނުމުގެ ކުރިން އަމިއްލަ މާދަރީ ބަހުން ދުޢާކުރުން ހުއްދަތޯއެވެ؟
މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެ ޚިލާފުތަކުގެ ތަފްޞީލަށް ނުގޮސް ބުނާނަމަ، އެންމެ ޞަޙީޙު ގޮތަކީ: ނަމާދުގެ ރުކުންތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން (ކިޔަންޖެހޭ ޛިކުރުތައް) ކިޔަންވާނީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތަށް ޢަރަބި ބަހުންނެވެ.
1. މާދަރީ ބަހުން ދުޢާކުރުމުގެ ޙުކުމް (ކުރީގެ މައުޟޫޢުގެ އިތުރު ތަފްޞީލު):
އެހެންވީމާ، "اللَّهُ أَكْبَرُ" (ﷲ އީ އެންމެ ބޮޑުކަންވެވޮޑިގެންވާ އިލާހެވެ) ނުވަތަ "الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ" (ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ) މިފަދަ ލަފްޒުތައް މާދަރީ ބަހުން ނުކިޔޭނެއެވެ. އެތަކެތި ކިޔަންޖެހޭނީ ސީދާ ޢަރަބި ބަހުންނެވެ. ނަމާދުގެ ރުކުންތަކާއި ވާޖިބުތަކާއި ކަށަވަރުވެގެންވާ ސުންނަތްތައް (ޛިކުރުތައް) ކިޔަންޖެހޭނީ ޢަރަބި ބަހުންނެވެ.
ނަމަވެސް، ޝަރީޢަތުގައި ވަކި ޚާއްޞަ ލަފްޒުތަކެއް ކަނޑައެޅިގެން އަންގަވާފައިނުވާ އަމިއްލަ އެދުންތަކުގެ ދުޢާކުރުމުގައި، އެންމެ ޞަޙީޙު ގޮތަކީ:
-- ޝައިޚް ޢާޞިމް އަލް-ޙަކީމްގެ ދަރުސަކުން
- މިއަދުނޫސް