މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ނުގެންދެވިގެން ކަންބޮޑުވި މެންބަރުން މަޖިލީހުގައި ނެތިގެން ދަންފަޅީގެ މަސައްކަތް މެދުކަނޑާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ނުގެންދެވިގެން ކަންބޮޑުވި މެންބަރުން މަޖިލީހުގައި ނެތިގެން ދަންފަޅީގެ މަސައްކަތް މެދުކަނޑާލައިފި

މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ނުގެންދެވިގެން ކަންބޮޑުވި މެންބަރުން މަޖިލީހުގައި ނެތިގެން މިއަދުގެ މެންދުރުފަހުގެ ދަންފަޅީގެ މަސައްކަތް މެދުކަނޑާލައިފި އެވެ.

1.00ގައި ޖަލްސާ ފެށްޓެވުމަށްފަހު ރިޔާސަތުން ވިދާޅުވީ ބަޖެޓް ރިޕޯޓަށް ވާހަކަފުޅު ދައްކަވަން 14 މެންބަރަކު ނަން ނޯޓު ކުރައްވާފައިވާ ކަމަށާއި އެއިން އެއްވެސް މެންބަރަކު މަޖިލީހުގެ ތަޅުމުގައި ނެތުމުން 1.30 ގައި ވޯޓު ނެގުމާއި ހަމައަށް ޖަލްސާ މެދުކަނޑުއްވައިލެއްވީ ކަމަށެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަފުޅު ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ވަރަށް ގިނަ މައްސަލަތައް މިހާރުން މިހާރަށްވެސް ނިންމަން އެބަހުރި ކަމަށާއި މައްސަލަތައް ކުރިއަށް ނުގެންދެވޭތީ ކަންބޮޑުވާ ކަމަށެވެ. މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ އެންމެ މުހިންމު މައްސަލައަކީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތެވެ.

މިއަދު އޮންލައިން